ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިހާރު ކުރިޔަށް ގެންދާ އެޕާޓީގެ ކޮންގްރެސް އިން ޕާޓީގެ ނާއިބު ރައީސުންގެ މަގާމަށް ބޭފުޅުންތައް އިންތިހާބު ކުރައްވައިފިއެވެ.
ޕީއެންސީގެ ނާއިބު ރައީސުންގެ މަގާމަށް އިންތިހާބު ކުރައްވާފައި ވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފެވެ.
މީގެއިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވެސް ވަނީ އެޕާޓީގެ ނާއިބު ރައީސްކަމަށް އިންތިހާބު ކޮށްފައެވެ.
ކިއު އާރް ކޯޑެއް ސްކޭން ކޮށްގެން ވޯޓުލުން ކުރިޔަށް ގެންދިޔަ މި އިންތިހާބުގައި އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފުގެ މަންމަ އަސްމާ ރަޝީދު ވެސް ޕާޓީގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވިއެވެ. އަދި އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލުވެސް އެ މަގާމަށް ވާދަކުރެއްވިއެވެ.
އެކަމަކު މި ދެބޭފުޅުންނަށް ވެސް އިންތިހާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން