ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިއަދު ވަނީ ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.
ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކަށް ޝަމްހީދު ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ގައުމުގެ ހާލަތު ތަފާތު އެކި ދާއިރާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން، ސިޔާސީ މައިދާނުން އާ ލީޑަރުންނަށް ފުރުސަތު ލިބި، ރައްޔިތުންގެ ހައްގުގައި ވެރިކަން ކުރާނެ ލީޑަރޝިޕެއް މިއަދު ބޭނުންވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އާ ވިސްނުންތަކާއި އެކު ގައުމު ހިންގުމަށް ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ ފުރިހަމަ ތާއީދު އޭނާއަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ރައްޔިތުންނާއި އެމްޑީޕީގެ އާންމު މެންބަރުން ވެސް އެދެނީ ރައްޔިތުންނަށް ދިމާވެފައިވާ ހަގީގީ ދަތިތަކަށް ހައްލު ހޯދައިދޭނެ ވެރިންނަށް ކަމަށެވެ. އަދި ވެރިކަމުގެ ބާރުތައް ވަކި ޚާއްސަ ބައެއްގެ މެދުގައި އެކަނި ދައުރުވަމުންދާތީ، އާންމު ރައްޔިތުންގެ ތާއީދު އޭނާއަށް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ ތެރެއިން ވެސް ފެންނަމުންދަނީ ނާކާމިޔާބު ސިޔާސަތުތަކެއް ކަމަށާއި، ރައްޔިތުންނަށް އިތުރު އަދި ރަނގަޅު ގޮތްތަކެއް އެބައޮތްކަން ހާމަކޮށްދިނުމަކީ ލާޒިމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު މައި ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލައްވާނެކަން މީގެކުރިން އިއުލާންކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
މި ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވައި ކެމްޕޭނުގެ ހަރަކާތްތައް ހިންގަވަމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން