އާންމު ގޮތެއްގައި ދިވެހިން އަވައްޓެރި އިންޑިއާ އަށް ދަތުރު ކުރަނީ ސިއްހީ އެކި ބޭނުންތަކަށެވެ. ހާއްސަކޮށް ދެކުނު (ކެރެލާ ސުޓޭޓް އާއި ކަންނާޓަކާ ސުޓޭޓަށެއެވެ) އިންޑިއާގެ ކޮޗިން، ޓްރެވިންޑްރަމް, ޗެންނާއީ އާއި ބެންގަލޫރަކީ ސިއްހީ ބޭނުންތަކަށް އެތައް ހާސް ދިވެހިންނެއް ދަތުރު ކުރާ ސިޓީތަކެއެއެވެ. އާސަންގެ ދަށުން ބޭސްފަރުވާ ކުރަންދާ ގިނަ ދިވެހިން ދާ ތަނެއްކަމުގައިވާ ދެކުނު އިންޑިޔާގެ ކޮޗިންއާ މާދުރުނޫން ހިސާބެއްގައި އޮންނަ ހިތްފަސޭހަ ފަރުބަދަ ސަރަހައްދެއް ކަމުގައިވާ “މުންނާރު” ގޮސްލާ އެތާގެ ސައިފަތް ދަނޑުތައްބަލާލުމުގެ ފުރުސަތުވެސް މީގެ ކުރިން ވަނީ ލިބިފައެވެ.

އިންޑިޔާގެ އާގަރާގައި ހުންހަ ތާޖް މަހަލް-- ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީ އިން ފަހިކޮށްދިން ފުރުސަތެއްގައި މި މަހުގެ 16 އިން 24 އަށް ކުރި ދަތުރުގައި ފާހަގަވި ކަމަކީ އިންޑިއާ އަކީ ޗުއްޓީހޭދަ ކޮށްލާ ހެޔޮ އަނގުގައި ވިޔަފާރި ކޮށްލަަން ދިވެހިން ދާން ވަރަށްވެސް ކަމުދާނެ ތަނެއްކަމެވެ. އެގައުމުން އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް ރާއްޖެ އަންނައިރު ދިވެހި ފަތުރުވެރިންނަށް ކަމުދާނެ ގިނަ މަންޒިލުތައް އިންޑިއާގައި އެބަހުއްޓެވެ. އަދި ވަރަށް ހަރަދު ކުޑަކޮށް ތަފާތު ކަންކަން ތަޖުރިބާ ކޮށްލެވޭނެ ގައުމެއްކަން ފާހަގަ ކޮލެވެއެވެ.

އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަން: މި ގަނޑު ވަރަށް ޓުވަރިސްޓުންނައް ވަދެ ބަލާލެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ - ފޮޓޯ/ މުހައްމަދު އަފްރާހް
ގޮލްކޮންޑާ ފޯޓު: ގޮލްކޮންޑާ ފޯޓު ހައިދަރުެާބާދުގެ ހުޅަނގު ފަރާތު ރަށްބޭރުގައި އޮންނަ ކިއްލާއެއް. މި ތަން އެންމެ ފުރަތަމަ ބިނާކުރީ ކިއްލާއެއްގެ ގޮތުގައި، 11 ވަނަ ޤަރުނުގައި ކަކާތިޔާ ދަރިކޮޅުގެ ރަސްކަމުގައި. ފަހުން އެ ސަރަހައްދުގެ ބާރު ނެގި އެކިއެކި ދަރިކޮޅުތަކަށް ފަހު މުސްލިމް ދަރިކޮޅެއް ކަމުގައިވާ ޤުތުބު ޝާހީ ދަރިކޮޅުގެ ބާރުގެ ދަށަށް ގޮލްކޮންޑާ ކިއްލާ އައި. ޤުތުބު ޝާހީ ދަރިކޮޅުން ގޮލްކޮންޑާ ފޯޓު އިތުރަށް ބޮޑުކޮށް، އެތަނުގެ ވަށައިގެން ބޮެތި ފާރުތައް ގާއިމުކުރި. 1590 ވަނަ އަހަރު ގުތުބު ޝާހީ ދަރިކޮޅުގެ ރަސްކަން ހައިދަރުއާބާދަށް ބަދަލުކުރަންދެން އެ ރަސްކަން ހިންގީ ގޮލްކޮންޑާ ކިއްލާއިން. މިތަނަކީ އެކިއެކި ޖަވާހިރާއި އަލިމަސް ވެސް މައިންކޮށް، ރައްކާކޮށް އަދި އެތަކެތީގެ ވިޔަފާރި ހިނގި ތަނެއް. މަޝްހޫރު “ކޮހިނޫރު” އަލިމަސް ވެސް މިތަނުގައި ރައްކާކޮށްފައި ހުރި - ފޮޓޯ: މުހައްމަދު އަރްރާހް

އަހަރެމެންގެ މި ދަތުރުގައި ހައިދަރުއާބާދަށާއި ދިއްލީ އަށް ޒިޔާރަތް ކުރީމެވެ. އަދި ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭ ހިމެނޭ ތާޖު މަހަލް ބަލައިލަން އާގަރާ އަށް ވެސް ދަތުރު ކުރީމެވެ.

އިންޑިޔާގެ އާގަރާގައި ހުންނަ ތާޗްމަހާލް, މިތަން ބަލާލަން ދުވާލަކު އެތައްހާސް ފަތުރުވެރިން ޒިޔާތަރް ކުރެ - ފޮޓޯ/ މުހައްމަދު އަފްރާޙް , ހަތާވީސް

ދަތުރު ފެށުނީ ސަގާފަތާއި ޒަމާނީކަން ފުރިހަމަ އަށް ގުޅުވައިދޭ ހައިދަރުއާބާދުނެވެ.

ޗާރުމިނާރު: އިންޑިއާގެ ހައިދަރުއާބާދު ސިޓީ ރަސްމީކޮށް ގާއިމުކުރި ކަމަށް ވަނީ 1591 ވަނަ އަހަރު “ޗާރުމިނާރު”ގެ ނަން ދެވިފައިވާ މި ބިނާ އިމާރާތްކުރުމުން. މި ބިނާއަކީ ހަތަރު ކަނުގައި ހަތަރު މުންނާރު ލާފައި، އަދި މަތީގައި ނަމާދުކުރެވޭ ގޮތަށް މިސްކިތެއް ލާފައިވާ އިސްލާމީ ބިނާއެއް. މިތަން ބިނާކުރީ 16 ވަނަ ގަރުނުގެ ފަހުކޮޅު ގޮލްކޮންޑާ ކިއްލާގެ ތެރޭގައި ފެތުރުނު ބަލިމަޑުކަމެއްގެ ނިމުން ފާހަގަކޮށް އަދި މާތްالله އަށް ޝުކުރު ދެންނެވުމުގެ ގޮތުން، ގޮލްކޮންޑާގެ ސުލްތާން މުހައްމަދު ޤުލީ ޤުތުބު ޝާހުގެ އިސްނެންގެވުމަކަށް
ޗާރުމިނާރު: އިންޑިއާގެ ހައިދަރުއާބާދު ސިޓީ ރަސްމީކޮށް ގާއިމުކުރި ކަމަށް ވަނީ 1591 ވަނަ އަހަރު “ޗާރުމިނާރު”ގެ ނަން ދެވިފައިވާ މި ބިނާ އިމާރާތްކުރުމުން. މި ބިނާއަކީ ހަތަރު ކަނުގައި ހަތަރު މުންނާރު ލާފައި، އަދި މަތީގައި ނަމާދުކުރެވޭ ގޮތަށް މިސްކިތެއް ލާފައިވާ އިސްލާމީ ބިނާއެއް. މިތަން ބިނާކުރީ 16 ވަނަ ގަރުނުގެ ފަހުކޮޅު ގޮލްކޮންޑާ ކިއްލާގެ ތެރޭގައި ފެތުރުނު ބަލިމަޑުކަމެއްގެ ނިމުން ފާހަގަކޮށް އަދި މާތްالله އަށް ޝުކުރު ދެންނެވުމުގެ ގޮތުން، ގޮލްކޮންޑާގެ ސުލްތާން މުހައްމަދު ޤުލީ ޤުތުބު ޝާހުގެ އިސްނެންގެވުމަކަށް
ގޮލްކޮންޑާ ފޯޓު ތެރޭގައި ފަތުރުވެރިން ތަކެއް ހަރަކާތްތެރި ވަނީ: ގޮލްކޮންޑާ ފޯޓު ހައިދަރުެާބާދުގެ ހުޅަނގު ފަރާތު ރަށްބޭރުގައި އޮންނަ ކިއްލާއެއް. މި ތަން އެންމެ ފުރަތަމަ ބިނާކުރީ ކިއްލާއެއްގެ ގޮތުގައި، 11 ވަނަ ޤަރުނުގައި ކަކާތިޔާ ދަރިކޮޅުގެ ރަސްކަމުގައި. ފަހުން އެ ސަރަހައްދުގެ ބާރު ނެގި އެކިއެކި ދަރިކޮޅުތަކަށް ފަހު މުސްލިމް ދަރިކޮޅެއް ކަމުގައިވާ ޤުތުބު ޝާހީ ދަރިކޮޅުގެ ބާރުގެ ދަށަށް ގޮލްކޮންޑާ ކިއްލާ އައި. ޤުތުބު ޝާހީ ދަރިކޮޅުން ގޮލްކޮންޑާ ފޯޓު އިތުރަށް ބޮޑުކޮށް، އެތަނުގެ ވަށައިގެން ބޮެތި ފާރުތައް ގާއިމުކުރި. 1590 ވަނަ އަހަރު ގުތުބު ޝާހީ ދަރިކޮޅުގެ ރަސްކަން ހައިދަރުއާބާދަށް ބަދަލުކުރަންދެން އެ ރަސްކަން ހިންގީ ގޮލްކޮންޑާ ކިއްލާއިން. މިތަނަކީ އެކިއެކި ޖަވާހިރާއި އަލިމަސް ވެސް މައިންކޮށް، ރައްކާކޮށް އަދި އެތަކެތީގެ ވިޔަފާރި ހިނގި ތަނެއް. މަޝްހޫރު “ކޮހިނޫރު” އަލިމަސް ވެސް މިތަނުގައި ރައްކާކޮށްފައި ހުރި.
ގޮލްކޮންޑާ ފޯޓު: ގޮލްކޮންޑާ ފޯޓު ހައިދަރުެާބާދުގެ ހުޅަނގު ފަރާތު ރަށްބޭރުގައި އޮންނަ ކިއްލާއެއް. މި ތަން އެންމެ ފުރަތަމަ ބިނާކުރީ ކިއްލާއެއްގެ ގޮތުގައި، 11 ވަނަ ޤަރުނުގައި ކަކާތިޔާ ދަރިކޮޅުގެ ރަސްކަމުގައި. ފަހުން އެ ސަރަހައްދުގެ ބާރު ނެގި އެކިއެކި ދަރިކޮޅުތަކަށް ފަހު މުސްލިމް ދަރިކޮޅެއް ކަމުގައިވާ ޤުތުބު ޝާހީ ދަރިކޮޅުގެ ބާރުގެ ދަށަށް ގޮލްކޮންޑާ ކިއްލާ އައި. ޤުތުބު ޝާހީ ދަރިކޮޅުން ގޮލްކޮންޑާ ފޯޓު އިތުރަށް ބޮޑުކޮށް، އެތަނުގެ ވަށައިގެން ބޮެތި ފާރުތައް ގާއިމުކުރި. 1590 ވަނަ އަހަރު ގުތުބު ޝާހީ ދަރިކޮޅުގެ ރަސްކަން ހައިދަރުއާބާދަށް ބަދަލުކުރަންދެން އެ ރަސްކަން ހިންގީ ގޮލްކޮންޑާ ކިއްލާއިން. މިތަނަކީ އެކިއެކި ޖަވާހިރާއި އަލިމަސް ވެސް މައިންކޮށް، ރައްކާކޮށް އަދި އެތަކެތީގެ ވިޔަފާރި ހިނގި ތަނެއް. މަޝްހޫރު “ކޮހިނޫރު” އަލިމަސް ވެސް މިތަނުގައި ރައްކާކޮށްފައި ހުރި.

އިންޑިއާގެ އެންމެ އައިކޮނިކް ބައެއް ފިލްމުތައް އުފައްދާފައިވާ، ދުނިޔޭގެ އެންމެ ބޮޑު ފިލްމު ސިޓީ، ރާމޯޖީ ފިލްމް ސިޓީއަށް ވެސް ޒިޔާރަތް ކުރީމެވެ. އެއީ ހިޔާލީ އަދި ފިލްމީ ހުވަފެނީ ދުނިޔެއަކަށް ދެވުން ފަދަ ކަމެކެވެ.

އިންޑިއާގެ އެންމެ އައިކޮނިކް ބައެއް ފިލްމުތައް އުފައްދާފައިވާ، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު ސިޓީ، ރާމޯޖީ ފިލްމް ސިޓީ ގެ ތެރެއިން - ފޮޓޯ މުހައްމަދު އަފްރާހް/ ހަތާވީސް
އިންޑިއާގެ އެންމެ އައިކޮނިކް ބައެއް ފިލްމުތައް އުފައްދާފައިވާ، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު ސިޓީ، ރާމޯޖީ ފިލްމް ސިޓީ ގެ ތެރެއިން - ފޮޓޯ މުހައްމަދު އަފްރާހް/ ހަތާވީސް

ހައިދަރުއާބާދަށް ގޮސްފިނަމަ އެތަނުގެ މަޝްހޫރު ބިރިޔާނީ ނުކައި ދޫކޮށް ނުލެވޭނެއެވެ. އެ ބިރިޔާނީގެ ފުރިހަމަކަން ހައިދަރުއާބާދު ބިރިޔާނީ އަށް ލިބިފައިވާ މަގުބޫލުކަން ފުރިހަމައަށް ބުނެދެއެވެ.

ހައިދަރަބާދުގެ މައްސޫރު ބިރިއާނީ ލިބޭ ރެސްޓޯރެއްޑެއް ކަމުގައިވާ "ބަވާޗީ" ގެ ތެރެއިން

އިންޑިއާގެ ވެރިރަށް ދިއްލީ އަކީ އެ ގައުމުގެ މުއްސަނދި ތާރީހުގެ ކުޑަ މިންވަރެެއް ކިޔައިދިން ތަނެކެވެ. މުގަލް ވެރިކަމުގެ ތާރީހީ ގިނަ ވާހަކަތައް ކިޔައިދޭ އާސާރީ ބިނާތައް ދިއްލީގައި ރައްކާކުރެވިފައި އެބަހުއްޓެވެ. އޭގެތެރެއިން އަހަރެމެންނަށް ފުރުސަތު ލިބުނީ ހުމާޔޫންސް ޓުމްބަށް ޒިޔާރަތް ކުރުމަށެވެ. އެ ތަންތަން ފަރުވާތެރިކަމާއެކު ރައްކާތެރިކޮށްފައިވާތީ، މާޒީގެ ވާހަކަތަކުން އެތަންތަން ދިރިހުރި ކަމުގެ އިޙްސާސް ކުރެވެއެވެ. ހަމައެކަނި އެ ބިނާއަށް ކުރި ޒިޔާރަތުން ވެސް ގަރުނުތަކެއްގެ ކުރިއަށް ދެވުނު އިހުސާސް ކުރެވި ތަރިކައާއި ސަގާފަތުގެ ވަށައިގެންވާ ޒަމާނުގެ ފަހަތަށް ދަތުރުކުރެވުނު ފަދައެވެ.

ނިއުދިއްލީގައި ހުންނަ ތާރީހީ ބިނާއެއްކަމުގައިވާ ހުމައްޔުން ޓޮނބް" ބަލާލަން ފަތުރުވެރިން ތަކެއް ހަރަކާތްތެރިވަނީ - ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ އިތުރުން އާގަރާގައި ހުންނަ ދުނިޔޭގެ އެންމެ އައިކޮނިކް އެއް ލޭންޑްމާކް، ތާޖް މަހާލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ލިބުނެވެ. އެކަން ހަމަ ލޮލުން ގޮތުން ފެނުމަކީ އަޖައިބު ކުރަނިވި ކަމެކެވެ. ލޯބީގެ މި ރަމްޒުގެ ރީތިކަމާއި ފުރިހަމަކަން ބަސްތަކުން ކިޔައިދޭން އުނދަގުލެވެ.

އިންޑިޔާގެ އާގަރާގައި ހުންހަ ތާޖް މަހަލް

މި ދަތުރަކީ ގިނަ ކަންތަކަކަށް ލޯ ހުޅުވާލި ދަތުރެކެވެ. ދަތުރުން ފާހަގަވި އެެއް ކަމަކީ އިންޑިއާއަކީ ތާރީހާއި ސަގާފަތް އަދި ތަޖުރިބާތަކުގެ ހަޒާނާއެއްކަމެވެ. އެ ގައުމުގެ ކޮންމެ ކަނެއްގައި ވެސް ހޯދަން އާ ކަމެއް އެބަހުއްޓެވެ.

އިންޑިއާގެ އެންމެ އައިކޮނިކް ބައެއް ފިލްމުތައް އުފައްދާފައިވާ، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު ސިޓީ، ރާމޯޖީ ފިލްމް ސިޓީ ގެ ތެރެއިން - ފޮޓޯ މުހައްމަދު އަފްރާހް/ ހަތާވީސް

ހާއްސަކޮށް އިންޑިއާ ގައި ފަތުރުވެރިންނަށް ކަމުދާނެ ގިނަ ކަންތަތަކާއި މަންޒިލުތައް އެބަހުއްޓެވެ. މިއީ ދަތުރުކުރަން ލޯބިކުރާ

މީހުންނަށް ސަގާފަތާއި ތާރީހީ ގިނަ ކަންތައް ތަޖުރިބާ ކުރެވޭނެ ތަންތަނެއެވެ.

އިންޑިއާގެ އެންމެ އައިކޮނިކް ބައެއް ފިލްމުތައް އުފައްދާފައިވާ، ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު ސިޓީ، ރާމޯޖީ ފިލްމް ސިޓީ ގެ ތެރެއިން - ފޮޓޯ މުހައްމަދު އަފްރާހް/ ހަތާވީސް