ރައްޔިތުން މަޖިލިސް މެންބަރުން އިންތިހާބުވާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމަށް ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ މަސައްކަތް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އަންނަނީ ކުރަމުންނެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުގައި މާދަމާގެ ޖަލްސާ އަށް އެކަން ހުށަހަޅާނެއެވެ. ނަމަވެސް އަދި މާދަމާ އޮންނަ ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާ އިން އާއްމެއް ނުކުރެއެވެ.
މިކަމުގެ ތަފްސީލް ހޯދާލުމަށް "ހަތާވީސް" އިން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް އަށް ގުޅާލީމެވެ. ނަމަވެސް ފޯނު ބިޒީ ކުރެއްވުމުން ޖަވާބެއް ނުލިބުނެވެ. މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވައެވެ.
ޕީއެންސީން މިފަދަ އިސްލާހެއް ގެންނަން ނިންމާފައި މިވަނީ މަޖިލީހުގެ މެންބަރުން އެހެން ޕާޓީއަކަށް ސޮއިކޮށްފި ނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބުނާ އެންޓި ޑިފެކްޝަން ގާނޫނުގެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
އެންޓި ޑިފެކްޝަން ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު އެ ދައުރެއްގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއަކުން ވަކިކޮށްފިނަމަ ހަތް ދުވަހުގެ ތެރޭގައި މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ވެސް ދައުރުގެ ތެރޭގައި ޕާޓީއަކަށް ސޮއިކޮށްފި ނަމަ މަގާމުން އިސްތިއުފާ ދޭންޖެހެ އެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް