ދެކުނު ޗައިނާ ކަނޑުގެ މަސްރަހު ހޫނުވަމުންދާ މައްސަލައިގައި ކަންބޮޑުވާކަން ހާމަކޮށް، މިމައްސަލައިގައި ޖަޕާނުގެ ހުރެ ކަންބޮޑުވުންތައް އެގައުމުގެ ބޮޑުވަޒީރު ޝިގޭރޫ އިޝިބާ، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އާއި ހިއްސާކުރައްވައިފިއެވެ.
ދެ ލީޑަރުން މިމައްސަލައިގައި މަޝްވަރާކުރެއްވީ މިހާރު ޕެރޫގެ ވެރިރަށް ލީމާގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓްގެ ހަވާސާގައެވެ. މިއީ މި ދެބޭފުޅުން އެކުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
ދެކުނު ޗައިނާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާއިން ބާރުގަދަކުރަމުންދާ މައްސަލައާއި، ޖަޕާނުން އެމެރިކާއާއި ގުޅުން ބަދަހިކުރަމުންދާ މައްސަލައިގައި ބެއިޖިން-ޓޯކިޔޯ ގުޅުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޖަޕާނުގެ ޚާރިޖިއްޔާއިން ބުނީ ޗައިނާގެ އަސްކަރީ ހަރަކާތްތައް އެސަރަހައްދުގައި އިތުރުކުރަމުންދާތީ ޖަޕާނުގެ ކަންބޮޑުވުންތައް ޝީއާއި ހިއްސާކުރެވިފައިވާކަމަށެވެ. އަދި މީގެ އިތުރުން ޓައިވާން ކަނޑުއޮޅީގެ ސަލާމަތީ ރައްކާތެރިކަމަކީ މުޅި ދުނިޔެއަށް މުހިއްމުކަމެއް ކަމުގެ މެސެޖްވެސް އިޝީބާ ވަނީ ޝީ އަށް ދެއްވާފައެވެ. ހަމައެއާއެކު ދެކުނު ޗައިނާ ކަނޑާއި، ހޮންކޮންގް އަދި ޝިންޖިއާންގެ މުސްލިމުންގެ މައްސަލައިގައި ޗައިނާގެ އަމަލުތަކާމެދު ޖަޕާނުގެ ހުރި ކަންބޮޑުވުންވެސް ހިއްސާކޮށްފައިވާކަމަށެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ ވާހަކަތަކާއި ގުޅިގެން، މިމައްސަލަތަކުގައި ޗައިނާ އާއި ގުޅިގެން ޖަޕާނުން މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާކަމަށް އިޝީބާ އަރިހު ޝީ ދެންނެވިކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ބުނެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ