ސިޔާސީ ފަރާތްތަކުގެ މުސާރަ އަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި ހިނގާ 2024ވަނަ އަހަރުގެ ބަޖެޓަށް އިތުރު 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. ސަޕްލިމަންޓްރީ ބަޖެޓުގެ އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައި ވަނީ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) އަށެވެ. އެއީ ދެ ބިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސަބްސިޑީއަށެވެ. އެއީ އެއް ބިލިއަން ރުފިޔާއެވެ.
މުސާރަ އަށް ހޭދަ ކުރުމަށް ސަޕްލިމަންޓްރީ ބަޖެޓުގައި ހިމަނާފައި ވަނީ 24 މިލިއަން ރުފިޔާއެވެ. ސަރުކާރުން ހާމަ ކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މިވަގުތު އުޅެނީ 1200ގައެވެ.
"ސިޔާސީ ފަރާތްތަކުގެ މުސާރަ އަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ ހަތަރު ޕަސެންޓަށް ވުރެ ދަށް އަދަދެއް. މުޅި ދައުލަތުގެ ހަރަދުގެ އެއް ޕަސެންޓު،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ އެކި މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ 228 މީހަކު ވަކި ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ. މިގޮތަށް ރައީސް އެންގެވީ މިމަހުގެ 15ވަނަ ދުވަހުއެވެ.
ސިޔާސީ މީހުން ވަކިކުރާ މަގާމުތަކާއި އަދަދު:
ސްޓޭޓް މިނިސްޓަރުން: 7
ޑެޕިއުޓީ މިނިސްޓަރުން: 43
ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 109
ޕޮލިޓިކަލް ޑިރެކްޓަރުން: 69
މީގެއިތުރުން އިއްޔެ ރައީސް މުއިއްޒު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރަ 50 ޕަސެންޓަށް ކުޑަކޮށް، ސިޔާސީ މީހުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ވެސް ނިންމަވައިފައެވެ.
ބަލަން ބޭނުން ވަނީއެއް ޕަސެންޓެއް ނޫން. ބަލަން ބޭނުން ވަނީ ސިޔާސީ މީހުންގެ ޢަދަދު
އިއްބެ