މި ހިނގާ 2024ވަނަ އަހަރުގެ ބަޖެޓަށް އިތުރު 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަޕްލިމަންޓްރީ ބަޖެޓު ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލިސް ޖަލްސާ އަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. ކުރިން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަމީރު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ.
ސަޕްލިމަންޓްރީ ބަޖެޓުގެ އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައި ވަނީ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) އަށެވެ. އެއީ ދެ ބިލިއަން ރުފިޔާއެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ސަބްސިޑީއަށެވެ. އެއީ އެއް ބިލިއަން ރުފިޔާއެވެ.
ސަޕްލިމަންޓްރީ ބަޖެޓުން ހޭދަކުރާ އެހެން ކަންކަން:
- ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
- އެންސްޕާ: 263 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
- މުސާރަ: 24 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޕީއެސްއައިޕީ އަށް އެހާ ބޮޑު އަދަދެއް ހިމަނާފައި ވަނީ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިއުމަށް ކަމަށެވެ. މީގެތެރޭގައި ފާއިތުވި އަހަރުތަކުގައި ކޮށްފައިވާ މަސައްކަތްތަކުގެ ބިލުތައް ވެސް ހިމެނެއެވެ.
ސަޕްލިމަންޓްރީ ބަޖެޓަށް ފައިސާ ހޯދުމަށް ރާވާފައި ވަނީ ތިން ގޮތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ޕްރޮޖެކްޓް ލޯނުތަކުންނާއި، ރާއްޖޭގެ ފަރާތްތަކުން ލޯނު ހޯދައިގެންއަދި ޓީ ބިލު ބިލު ވިއްކައިގެން ކަމަށް ވިދާޅުވިއެވެ.
މިއަހަރަށް ފާސްކޮށްފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމަންޓްރީ ބަޖެޓާއެކު މިއަހަރުގެ ޖުމްލަ ބަޖެޓުގެ އަދަދު 55 ބިލިއަން ރުފިޔާ އަށް އަރާނެއެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް