ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަކަށް ފިނޭންސް މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ސަޕްލިމަންޓްރީ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާނީ ކިހާ އަދަދެއް ކަމެއް އަދި ދަންނަވަން ދަތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ލަފާ ކުރެވެނީ ސަޕްލިމަންޓްރީ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާނީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވީ މިދިޔަ އަހަރުގެ ބަޖެޓުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. ސަރުކާރުގެ ވިސްނުން ހުރީ ބޭނުންވާ ކަންކަމަކަށް ހަރަދުކޮށް ނިންމާލުމަށްފަހު، ދެން އަންނަ އަހަރުގެ ބަޖެޓާއެކު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅައިގެން ނިންމާލުން ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރުވެސް ސަޕްލިމަންޓްރީ ބަޖެޓެއް ވަނީ ހުށަހަޅައިފައެވެ. ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަނީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުތައް ހިނގާނެ ކަމަށް ލަފާ ކުރެވޭތީ އެ ހަރަދުތައް ހަމަޖެއްސުމަށެވެ.
ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ހުއްދަލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެނެއް ނުވާނެ ކަމަށެވެ.އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅައިފައިވާނަމަ އެ ހަރަދެއް ކުރާންވާނީ އެކަމަކަށް އެކަނި ކަމަށެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި