ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދޫކުރި 150 މިލިއަން ޑޮލަރުގެ ޓީ-ބިލަށް އެރި އިންޓްރެސްޓްގެ ތެރެއިން 43 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި ދައުލަތުގެ ބަޖެޓަށް އެހީވުމަށް އެސްބީއައި މެދުވެރިކޮށް ހޯދި 150 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ އެންމެ ފަހު ބައި މިއަދު ވަނީ އެއްކޮށް އަނބުރާ ދައްކައި ނިންމާފަ އެވެ.
އެސްބީއައި އިން ނެގި މި 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން ހަ ފަހަރެއްގެ މަތިން ފަސްކޮށްދިންއިރު، އަނެއް 50 މިލިއަން ޑޮލަރު ދެއްކުން މި އަހަރާ ހަމައަށް ހަތަރު ފަހަރެއްގެ މަތިން ފަސްކޮށްދިނެވެ.
ޓީ-ބިލުގެ އަސްލު ފައިސާ (ޕްރިންސިޕަލް އަދަދު) ދިވެހި ސަރުކާރުން އަދާކުރި ނަމަވެސް، އޭގެ އިންޓްރެސްޓް ހަމަޖެއްސީ އިންޑިއާ ސަރުކާރުންނެވެ.
އެގޮތުން އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެ ގައުމުން ވަނީ ދައްކައިދީފަ އެވެ. ރާއްޖޭގެ މާލީ ހަމަޖެހުމަށް އެހީވުމުގެ ގޮތުން އިންޑިއާއިން ވަނީ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.
މީގެ އިތުރުން، އިންޑިއާއިން ރާއްޖެއިން ބޭރަށް ފޮނުވާ އަސާސީ މުދަލުގެ އެންމެ ބޮޑު ކޯޓާއެއް ވެސް ދޫކޮށްފައިވަނީ ރާއްޖެ އަށެވެ. އޭގެ ތެރޭގައި މައިގަނޑު ކާބޯތަކެތީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ހިމެނެ އެވެ.
ރާއްޖޭގެ އިގުތިސާދީ ހަމަޖެހުމަށް އިންޑިއާއިން އަބަދުވެސް އެއްބާރުލުން ދެމުން އަންނައިރު، އެ ގައުމުގެ ސަރުކާރުން މިފަހުން ވަނީ 350 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު ވެސް ގަނެފަ އެވެ. މި ފައިސާ ރާއްޖެއިން އަނބުރާ ދައްކަން ޖެހޭ މުއްދަތަކީ 2029 އިން 2030 އަށެވެ.
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން
އިންޑިއާގެ 50 މިލިއަން ޑޮލަރު ދައްކައިފި