ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ ވެއްޓިފައި ވަނީ އަމާން އުދަރެސް ޓަވަރު 8 އިން ކަމަށެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެމީހާ ވެއްޓުނީ 15ވަނަ ފަންގިފިލާ އިންނެވެ.