ހަމާސް އާއި އިޒްބުالله ގެ ލީޑަރު އަވަހާރަ ކޮށްލުމުން ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފައި ވަނިކޮށް އެގައުމުން އިޒްރޭލަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ފޮނުވާލައިފިއެވެ.
އިރާނުން އިޒުރޭލަށް 204 ވަރަކަށް މިސައިލު ފޮނުވާލިކަން އިޒުރޭލުގެ އަސްކަރިއްޔާއިން މިރޭ ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ހަމަލާތަކުގައި މީހަކު މަރުވިކަން އަދި ކަށަވަރެއް ނުކޮށްދެއެެވެ.
އީރާނުން ބުނީ އިޒުރޭލަށް ފޮނުވާލި ހަމަލާތައް ބޭނުންވާ އަމާޒަށް ވާސިލު ކުރެވުނު ކަމަށެވެ. އިޒުރޭލަށް ހަމަލާދިނީ ބެލެސްޓިކް މިސައިލުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ވައިޓްހައުސްއިން މިރޭ ބުނީ އެ އިޒުރޭލަށް ލިބުނު ގެއްލުންތައް އެސެސްކުރުންދާ ކަމަށާއި އެކަމުގައި އިޒުރޭލަށް ދެވެން އޮތް އެހީތެރިކަމެއް އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އީރާނުން ބުނީ އިޒުރޭލާ ގުޅިގެން، އެމެރިކާއިން ރައްދުގައި އީރާނަށް ހަމަލާ ދޭން އުޅެފިނަމަ، އެމެރިކާއިން އިރާގުގައި ގާއިމުކޮށްފައިވާ އަސްކަރީ ބޭސްތަކަށް ހަމަލާދޭނެ ކަމަށެވެ.
އިޒުރޭލަށް މިރޭ މިސައިލުތަކެއް އޮއްސާލުމުގެ ކުރިން، އެ ގައުމުގެ ބައެއް ސިޓީތަކުގައި ބަޑި ޖަހައި، އިޒުރޭލުގެ ބައެއް މީހުން މަރާފައިވެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ