ރާއްޖެއަށް ޒަމާނި ޑިމޮކްރަސީ ގެނައުމަށް އިސްލާހީ މަސައްކަތްތެރިންނާ އެކު ކުރި މަސައްކަތުގައި އެމްޑީޕީގެ އެކްޓިވިސްޓު އަދި ފޮޓޯގްރާފަރު އިބްރާހިމް ޖައުހަރީގެ އާއިލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ހ. ވެލަސްފަރުގެ، ޖައުހަރީ ނިޔާވެފައި އޮއްވާ ފެނުނީ އުސްފަސްގަނޑު ސަރަހައްދާ ދިމާލު، ކަނޑުންނެވެ. އޭނާގެ ހަށިގަނޑު މޫދުން ނެގީ ފުލުހުންނާއި އެ ސަރައްދުގައި ތިބި އާންމުންގެ ބަޔަކުއެވެ. އެ ސަރަހައްދު މޫދުން އޭނާ ފެނުމުގެ ކުރިން، އުސްފަސްގަނޑު ސަރަހައްދުގައި އޭނާ މަސް ބާނަން ހުއްޓާ ބައެއް މީހުންނަށް އޭނާ ފެނިފައިވެއެވެ.
ފުލުހުން ބުނީ އޭނާ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޖައުހަރީ ނިޔާވުމުގެ ހިތާމައިގައި ރައީސް ނަޝީދު "އެކްސް"ގައި ވިދާޅުވީ ޖައުހަރީއަކީ އިސްލާހީ ހަރަކާތުގައި ހުރިހާ މަންޒަރުތަކެއް ކަވަރު ކުރެއްވި ވަރުގަދަ ހިދުމަތެރިއެއް ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ ޖައުހަރީއަކީ އެމްޑީޕީއަށް އަގުހުރި ހިދުމަތްތަކެއްކޮށްދެއްވި ކުޅަދާނަ ފޮޓޯގްރާފަރެއް ކަމަށެވެ.
ރައީސް ނަޝީދާއި ރައީސް ސާލިހު ވެސް ވަނީ އޭނާގެ ފުރާނައަށް ރަހުމަތްލެއްވުމަށް އެދި ދުއާ ކުރައްވައި، އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެފައެވެ.
ޖައުހަރީ ނިޔާވުމުގެ ހިތާމައިގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ޖައުހަރީއަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާގެ ބައްޕައެވެ.
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު