ޒަހަމްތަކަކާ އެކު، ގެސްޓްހައުސްއަކުން ފެނުނު މީހާމެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
ޒަހަމްތަކާ އެކު، މާފަންނު ގެސްޓްހައުސްއަކުން މިދިޔަ ހޯމަ ދުވަހު ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޮޓަރީގައި ހަބަރެއް ނުވާ ކަމަށް ބުނެ، ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގޮސް ބެލިއިރު، އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ދާންޖެހުނީ އައިޖީއެމްއެޗް އައިސީޔޫގައެވެ.
ފުލުހުން ބުނީ އޭނާމެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މއ. ވޮއްކޮޅުގެއާގެ އަހުމަދު މާޒިން އިބްރާހިމް، 23، އާއި ކ. ތުލުސްދޫ، ޕެރިސް، ފައުޒާން ޒަރީރު، 23، އަހަރު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ ދެ މީހުންގެ ބަންދުގައި ބޭތިއްބުމަށް އެދި ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ