އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ، އޮޅުވާލައިގެން މާލޭވެ ގެއަކަށް މީހަކު ވައްދައި ފޭރެން އުޅެފިއެވެ.
ޖުމްހޫރީ މައިދާނުން ދިމާވި މީހަކު ގެއަކަށް ގެންގޮސް، ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ވެސްޓްސައިޑް، އިއްފަތު މުހައްމަދު، 41، އެވެ. އޭނާގެ ބަންދަށް 15 ދުވަސް އިއްޔެ ވަނީ ޖަހާފައެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ޖެހި އަމުރުގައި ބުނެފައި ވަނީ އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ، އެ މީހާ ގޮވައިގެން ގެންދިޔައީ ފިނިހިޔާ ގޯޅީގައި ހުރި ގެއަކަށް ކަމަށާއި އެ ގެއަށް އޭނާ ވައްދައި އެ މީހާގެ ފޯނާއި ފައިސާ އަތުލުމަށް މަސައްކަތް ކުރި ކަމަށެވެ.
"އަތުގައި އޮތް ގަލަމެއް މީނާގެ ކަރުގައި ޖައްސާ ހަޅޭނުލެވުމަށް ބުނި ކަމަށް ހަދިސާގެ ރިޕޯޓުން އެނގެން އޮވެއެވެ." ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ