ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ އާއްމު މެންބަރުންގެ އަދަދު ނޮވެމްބަރު މަހުގެ ނިޔަލަށް 75،000 އަށް އިތުރު ކުރާނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިއަދު ވަނީ އެޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާ ކުރުމަށް އެޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ފަލާހް ވިދާޅުވީ ނޮވެމްބަރު މަހުގެ ނިޔަލަށް އެޕާޓީ ވެގެން ދާނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ނޮވެމްބަރުގެ ނިޔަލަށް 75،000 މެންބަރުން ތިބި ޕާޓީ އަކަށް ހެދުމަށް. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރާއްޖޭގައި މިހާތަނަށް އޮންނަ އެންމެ ބޮޑު ޕާޓީއަށް ޕީއެންސީ ވެގެން ދާނެ،" ފަލާހް ވިދާޅުވިއެވެ.
ދާދި ފަހުން ޕީއެންސީން ވަނީ އެޕާޓީ އަށް މެންބަރުން އިތުރު ކުރުމަށްޓަކައި ހާއްސަ ހަރަކާތެއް ވެސް ކުރިޔަށް ގެންގޮސްފައެވެ. ފަލާހް ވިދާޅުވީ އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ޕްރޮސެސް ކުރެވުމުން ޕާޓީގެ މެންބަރުންގެ އަދަދު 50،000 އަށް އަރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާ ގޮތުން މިހާރު ޕީއެންސީގައި ތިބީ 28،704 މެންބަރުންނެވެ.
"ޕެޓްސް" މުބާރާތުން ދިވެހި ސިފައިންނަށް ރަންމެޑަލް
"ސިއްހަތަށް ނުރައްކާވާ" މިންވަރަށް ކުރިޔަށް ހަތަރު ދުވަހު ވައިނުސާފު
ރައީސް ޖަރުމަނަށް ފުރާވަޑައިގެންފި
ދެ އިންތިހާބު އެއްކޮށްލާ ބިލު ކޮމެޓީން ފާސްކޮށްފި
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން