ކުރީގެ ސަރުކާރުން ގަލޮޅުދަނޑުގައި އަޅަން އުޅުނު ސްޓޭޑިއަމް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މާލޭގައި އާ ސްޓޭޑިއަމެއް އަޅަން ކުރީގެ ސަރުކާރުން ނިންމީ އިންޑިއާ ސަރުކާރުން ރާއްޖެ ދީފައިވާ ލައިން އޮފް ކްރެޓިޑް (އެލްއޯސީ) ދަށުން 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ އެ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކުރީ މިހާރު ހުރި ތަނުގައި އާ ސްޓޭޑިއަމް އެޅުމަކީ ސެކިއުރިޓީ ގޮތުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށެވެ. ހުޅުމާލޭގައި އެ ސްޓޭޑިއަމް އަޅާނީ ފުރަތަމަ ފިޔަވަހީގައި ކަމަށާއި އެތަނަކީ ކުރިން ވެސް ސްޓޭޑިއަމް އަޅަން ނިންމާފައިވާތަނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގަލޮޅު ދަނޑުގައި ސްޓޭޑިއަމެއް އަޅަން ބޭނުން ނުވާ ސަބަބަކީ ސެކިއުރިޓީ އިޝޫޒް، އޭގެ މާހިރުން ވިދާޅުވާ ގޮތުގައި އެބަ އޮތް އެތާނގައި. އޭގެ އިތުރުން ޕާކިން އާއި ޓްރެފިކާ، މި ހުރިހާ ކަމަކަށް ބަލާފަ ވެސް ނެޝަނަލް ސްޓޭޑިއަމެއް އަޅަން އެންމެ އެކަށީގެންވާ ތަނެއް ކަމަށް ނުފެންނާތީވެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުމާލޭއަށް ސްޓޭޑިއަމް ބަދަލު ކުރީ އެ ޕްރޮޖެކްޓަށް އެހީތެރިވާ އިންޑިއާ ސަރުކާރުގެ މަޝްވަރާއާ އެކުގައި ކަމަށާއި ހުޅުމާލޭގައި އިމާރާތް ކުރާނީ މަލްޓި ސްޕޯޓްސް އިންޑޯ ކޮންޕްލެކްސްއެއް ކަމަށެވެ.
އެ ޕްރޮޖެކްޓާ އެކުގައި ހަތަރު ސަރަހައްދެއްގައި ސިންތަޓިކް ޓްރެކް އަޅާނެ ކަމަށާއި ޓީޓީ އިންޑޯ ހޯލަކާއި ބާސްކެޓް އިންޑޯ ހޯލެއް ތަރައްގީ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިތުރު ވޮލީ ކޯޓެއް ވެސް އަޅާނެ ކަމަށެވެ. ނަމަވެސް އެތަންތަން އިމާރާތް ކުރަނީ ކޮން ރަށްތަކެއްގައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ