ދިވެހި ރައްޔިތުން މާޔޫސްވާނެ ވަރުގެ ނިންމުމެއް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުނިންމަވާނެ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން ބުނެފިއެވެ.
ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުން ކަންބޮޑުވާން ޖެހޭނެ އަދި މާޔޫސްވާނެ ވަރުގެ ނިންމުމެއް ރައީސް ނުނިންމަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވެއްޖެ ނަމަ، ޗުއްޓީގައި އޮތް ނަމަވެސް މަޖިލީހުން ދައުރުން ބޭރު ޖަލްސާ ބާއްވައިގެން ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެއްޔާ ދައުރުން ބޭރުގެ ޖަލްސާތައް ބާއްވައިގެން އެކަމެއް ކޮށްދޭ ގޮތަށް ރައްޔިތުންގެ މަޖިލިސް މިއޮތީ ތައްޔާރުވެގެން،" މަޖިލިސް ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ސިޔާސީ މުވައްޒަފުން މަދު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ގޮތުގެ ލަފާ ރައީސަށް އަރުވާފައިވާ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދާދިފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގެ ޓްރާންސެކްޝަންތަކަށް ބޭނުން ނުކުރެވޭ ގޮތަށް ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން ރައީސް މުއިއްޒު ބީއެމްއެލް އަށް އަބަދުވެސް ވިސްނައި ދެއްވަމުން ގެންދެވީ ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ މީހުންނަށް އަސަރެއް ކުރާ ގޮތަށް ކާޑުގެ ލިމިޓަށް ބަދަލު ނުގެނައުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު