ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.

މެޓުން ބުނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. ވިއްސާރަ ކުރި ނަމަވެސް ވައިޖެހޭ މިންވަރު އެހާ ގަދަ ނުވާނެ ކަމަށް ލަފާކުރެއެވެ.