ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ކުރަމުން އަންނަ ވިއްސާރާގައި ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެއްޖެއެވެ.

ފެން ބޮޑުވުމުން ރަށުގެ ބައެއް ގެތަކަށް ވެސް ވަނީ ފެން ވަދެފައެވެ. އަދި ބައެއް ގެތަކަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.

އެރަށުގައި ފެން ބޮޑުވުމާއި ގުޅިގެން އާއްމު ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

އެރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް އިން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެމްއެންޑީއެފް އިން ބުނީ އެ ރަށު ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ޓީމެއް އަންނަނީ އެ ރަށަށް ދަތުރުކުރަމުން ކަމަށެވެ.