ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާއެއް ލިބިވަޑައިގެންނެވީ، ޕީޕީއެމް ހިންގުމުގެ އިދާރީ ކަންކަން ކުރުމަށް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އިން މިހާރު ދައްކަމުން އަންނަ ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އަދީބު ފައިސާ ދީފައި ހުންނާނެ ކަމަށާއި އެކަމާއި ދޮގު ނުކުރައްވާނެ ކަމަށެވެ.
އޭރު އަދީބު ވެސް އަދި އަދުރޭ ވެސް ހުންނެވީ ޕީޕީއެމްގެ ނާއިބު ލީޑަރުގެ މަގާމުގައި ކަމަށާއި އޭރު އަދީބު ހުންނަވާނީ ޕާޓީގެ ފައިސާގެ ކަންކަމާއި ހަވާލުވެ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އަދުރޭ ހުންނެވީ ޕާޓީގެ އިދާރީ ކަންކަމާއި ހަވާލުވެ ކަމަށާއި އަދީބު ދެއްވާފައި ހުންނެވި ފައިސާއެއް ދެއްވާފައި ހުރީ ޕާޓީގެ އިދާރީ ކަންކަން ކުރުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑު މި ގުޅަނީ ރައީސް ޔާމީނަށް ގުޅާފައި މި ބުނަނީ މުވައްޒަފުންނަށް [ޕީޕީއެމްގެ އިދާރީ މުވައްޒަފުން] މުސާރަ ދޭން އެބަޖެހެއޭ. ދެން ވިދާޅުވާނެ އަދީބު އެކަން ހަމަޖައްސަވާނޭ ނޫނީ އަދީބަށް ގުޅުއްވާށޭ،" އަދީބުގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާގެ ތަފްސީލް ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.
އަދީބުގެ ފަރާތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ދައުވާއެއް ކުރެވޭނެ ޖާގައެއް ވެސް ނޯންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް