ފްރާންސްގެ ތަރި، ކިލިއަން އެމްބާޕާ ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ގޯލާއެކު އެޓަލާންޓާ ބަލިކޮށް ހަ ވަނަ ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.
މިދިޔަ ޖޫން މަހު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ރެއާލާ ގުޅުނު އެމްބާޕޭ އަށް މެޗުގެ 15 ވަނަ މިނެޓުގައި ލަނޑު ޖަހަން ލިބުނު ފުރުސަތު އެޓަލާންޓާގެ ޑިފެންސުން ވަނީ ހުއްޓުވައިފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރިއާލަކަށް މާ މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ގޯލެއް ޖެހުމަށް ރިއާލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ރޮޑްރިގޯ އަށެވެ. ނަމަވެސް އެ ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރިއާލުން މި މެޗުގައި ލީޑު ނެގީ މެޗުގެ 60ވަނަ މިނެޓުގައެވެ. ވިނީޝިއުސް ޖޫނިއާ އޭރިއާ ތެރެއިން ދިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ފެޑެރީކޯ ވަލްވާޑޭއެވެ.
ރެއާލްގެ ދެވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓުގައި ޖަހާދިނީ އެމްބާޕޭއެވެ. މިއީ ރިއާލްގެ ޖާޒީގައި ކުޅެން އަރާ އޭނާ ޖަހައިގެން ފުރަތަމަ ލަނޑެވެ.
މެޗަށްފަހު ރިއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ މި މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި ރިއާލުގެ ކުޅުން ރަނގަޅުވިކަން އޭނާ ފާހަގަކުރިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ