ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދުގެ ދަށުން، މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި ގެދޮރުވެރިކަމުގެ ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީގެ މުގައްރިރުގެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އައްޔަންކޮށްފިއެވެ.
ފަލާހު އެ މަގާމަށް އައްޔަން ކުރީ ކޮމިޓީއަށް ހާޒިރުވެ، ވޯޓު ދެއްވި 10 މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދު ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން، ފަލާހުގެ ނަން މުގައްރިރަކަށް ހުށަހެޅުމާ އެކު، އެ ނަމަށް ތާއިދު ކުރެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރު ކަމަށް އައްޔަންކޮށްފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ. އިމްރާންގެ ނަން ހުށަހެޅުމާ އެކު، އޭނާގެ ނަމަށް ވެސް ނާޒިލް ތާއިދުކުރެއްވިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީއަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި މަޖިލިސް މެމްބަރުންގެ ނަންތައް، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވެއެވެ. އެ ނަންތައް ފާސްކުރީ މަޖިލީހަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެންބަރުންގެ އިއްތިފާގުންނެވެ.
ގެދޮރުވެރިކަމުގެ ކޮމިޓީއަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ. ފަލާހާއި އިމްރާނާއި ނާޒިލްގެ އިތުރުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފާއި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު އާއި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާނުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ގެދޮރުވެރިކަމުގެ ކޮމިޓީއަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަން ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ އިޖްތިމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެ ކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި އެ މަޝްރުއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރު އެޅަކީ ވެސް އެ ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު