ރަށްތަކުގައި ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ކުވެއިތު ފަންޑާއެކު ލޯނު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ކުވެއިތު ފަންޑުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އެ ފެންޑްގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ވަލީދު އަލް ބަހަރްއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ މި ލޯނަކީ "ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.
އެ މަޝްރޫޢުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދުތައް ކުޑަވެ، ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް މަގުފަހިވާނެ ފިނޭންސުން ބުންޏެވެ.
އެ ހޮސްޕިޓަލުތައް ތަރައްގީ ކުރުމުގެ ތެރޭގައި ހިމެނެނީ އިމާރާތް ކުރުމުގެ މަސައްކަތާއި، ހިދުމަތްތަކުގެ އިލެކްޓްރޯލް-ޓެކްނިކަލް މަސައްކަތާއި، ސިއްހީ އާލާތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި، ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖީނިއަރިން ހިދުމަތްތަކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ