ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ އަދި މިހާރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން އެއްބަސް ކަމަށް އެޕާޓީން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ހުށަހަޅާފައި ވަނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއެވެ. އެ ގަރާރު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީންނެވެ.
އެ ގަރާރާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި ބައްދަލުކުރުމަށް ނިންމައިފައެވެ. އެކަމާއި ގުޅޭ ގޮތުން މިއަދު ވަނީ ފުރަތަމަ ބައްދަލުވުން ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޕާޓީގެ ތަރުޖަމާން އަނަސް އަބްދުއްސައްތާރާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދުއެވެ.
އަނަސް ވިދާޅުވީ މަޖިލިސް މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަކީ އެޕާޓީން އެއްބަސްވާ ކަމެއް ކަމަށާއި އަދި އެއީ ކުރުން މުހިއްމު ކަމެއް ކަމަށެވެ. މިހާރު ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނީ ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެންބަރަކު ހުންނަން ޖެހޭ ގޮތަށެވެ. އަނަސް ވިދާޅުވީ އެކަމުގައި ފައިދާ އާއި ގެއްލުންވެސް އެބައޮތް ކަމަށެވެ.
އެހެންނަމަވެސް ދައުލަތުގެ އެއް ބާރަށް އިންތިހާބު ކުރަން ޖެހޭ މެންބަރުން އިންތިހާބު ކުރާނެ ގޮތްތަކެއް ކަނޑައެޅުމުގެ ވާހަކަ ދައްކާއިރު އެކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށް އަނަސް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުންވެސް ބައިވެރިވިއެވެ. އެޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ގަރާރު ހުށަހެޅުއްވި މެންބަރު ޝުޖާއެވެ. އޭނާ ވިދާޅުވީ މެންބަރުންގެ އަދަދު ހިފެހެއްޓުމުގެ މަސައްކަތް ކުރާނީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ