ވަގުތު ދެވެން ނެތުމުން ކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ މައިޕާޓީގެ ޑެޕިއުޓީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުން އަހްމަދު ތާރިގް އިސްތިއުފާ ދެއްވައިފިއެވެ.
ތާރިގް އެ މަގާމުން އިސްތިއުފާ ދެއްވިކަން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވެސް ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވަވައިފައެވެ. ނަމަވެސް ސީދާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެއެވެ.
އެކަމާއި ގުޅޭ ގޮތުން ތާރިގް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވީ، އަމިއްލަ ކަންކަން މިވަގުތު ހުރި ގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ކަމަށެވެ.
ތާރިގަކީ ރައްޔިތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މަޖިލިސް މެންބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
ޑެޕިއުޓީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމަށް ތާރިގް އައްޔަން ކުރެއްވީ އެޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ