ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް، ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާ ކަނޑައެޅި މައްސަލަ ހޫނުވެ، ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުން މަގުމައްޗަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ވަރުގަދަވަމުންދަނިކޮށް، އެ ޤައުމުގެ ސްޕްރީމް ކޯޓުން އެ ދަރިވަރުންނަށް ހައްގު ލިބޭ ގޮތަށް ހުކުމްކޮށްފިއެވެ.
މުޒާހަރާތައް ފެށީ ބަންގްލާދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުންގެ ގާތްތިމާގެ މީހުންނަށް ސަރުކާރު ވަޒީފާގެ ބޮޑު ބައެއް ދިނުމަށް ނިންމުމުންނެވެ. އެގޮތުން 1971ގައި ކުރި ހަނގުރާމައި އުޅުނު މީހުންގެ އާއިލާތަކާއި ގާތްތިމާގެ މީހުންނަށް ބަންގުލަދޭޝް ދައުލަތުގެ ތިންބައިކުޅަ އެއްބައި ދިނުމަށް ނިންމާފައިވެއެވެ.
ބަންގްލަދޭސް ސްޕްރީމް ކޯޓުން މިއަދު ޙުކުމް ކުރީ، 1971ގައި ބަންގްލާދޭޝްގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުންގެ ގާތްތިމާގެ މީހުންނަށް ސަރުކާރު ވަޒީފާ އިން ދޭންޖެހޭނީ %5 ކަމުގައެވެ.
ބަންގްލަދޭޝް ސަރުކާރުން މިކަމުގައި އަދި ބަހެއް ނުބުނި ކަމުގައި ވިޔަސް ސްޕްރީމް ކޯޓަށް ޕެޓިޝަން ހުށަހެޅި ފަރާތުގެ ވަކީލެއް ކަމުގައިވާ ޝާހު މަންޖުރުލަ ޙައްޤު ވިދާޅުވީ އެ ނިންމުމަކީ ތާރިޚީ ނިންމުމެއް ކަމަށެވެ. އޭނާ ބުނެފައި ވަނީ ތިންވަނަ ފަރާތަކުން އެކަމުގެ ނުވަނުމަށެވެ. ސްޕްރީމް ކޯޓުން ނިންމާފައިވަނީ %93 ވަޒީފާ ބަންގްލަދޭޝް ގެ ޢާންމު ރައްޔިތުންނަށް ދިނުމަށާއި، ފަސް ޕަސެންތް ވަޒީފާ މީގެ 53 އަހަރު ކުރިން، އެ ގައުމުގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުންގެ ގާތްތިމާގެ މީހުނަށް ދިނުމަށާއި އަދި ބާކީ ދެ ޕަސެންޓް ވަޒީފާ ނުކުޅެދުންތެރި މީހުނާއި އެހެނިހެން އެތެނިކް މައިނޯރިޓީ މީހުނަށް ދިނުމަށެވެ.
ކިޔަވާ ކުދިން ހަޅުތާލު ފެށުމާއެކު ބަންގްލަދޭޝް ސަރުކާރުން މުޅި ޤައުމުގައި ކާފިއު ހިންގާ މުވާޞަލާތުގެ ބައެއް ޚިދުމަތްތައް ކަނޑާލިއެވެ. ހުކުރު ދުވަހު އެކަނި 50 މީހުން މަރުވި ހަމަނުޖެހުންތަކުގައި މިހާތަނަށް 150 މީހުން މަރުވެފައި ވެއެވެ. އަދި އެތަކެއް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. އަންދާޒާ ކުރެވޭ ގޮތުގައި ބަންގްލާދޭޝްގައި 18 މިލިއަން މީހުން ވަޒީފާ ހޯދުމަށް އެބައުޅެއެވެ. ހަޅުތާލު ކުރަމުންދާ ދަރިވަރުން ބުނެފައި އޮތީ އެ ދަރިވަރުންގެ މުޒާހަރާ ހުއްޓާނީ ސަރުކާރުން ބަހެއް ލިބުމުން ކަމުގައެވެ. ބަންގްލަދޭޝް އަކީ ދުނިޔޭގެ ނިސްބަތުން ހަލުވި ގޮތަކަށް ތަރައްޤީ ވަމުން އަންނަ ދެކުނު އޭޝިއާގެ ޤައުމެކެވެ. އެހެނެއް ކަމަކު ކިޔަވައިގެން ނިކުންނަ ދަރިވަރުންނަށް ވަޒީފާގެ ބާޒާރުގައި ވަޒީފާއެއް ނުހުރެއެވެ.