މިދިޔަ މެއި މަހުގެ 9ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންގެ މީހަކު ނެތް ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދެއްވައިފިއެވެ.
ރޭ ޕީއެންސީ ހައުސްގައި އޮތް ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވި ދުވަހުން ފެށިގެން ވެސް އަދި މިހާރު ވެސް އެމަނިކުފާނު ކުރައްވާ އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖެ އަކީ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. މީގެކުރިން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަކީ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއްކަން ހަނދުމަފުޅު ހުންނެވި ކަމަށާއި އެހެންކަމުން ވެރިކަމަށް އިންތިހާބުވުމާއެކު އެމަނިކުފާނު އެ ވައުދުފުޅު ފުއްދެވުމުގެ މަސައްކަތްތައް ފެއްޓެވި ކަމަށް ޣައްސާން ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ހިކުމަތްތެރިކަމަށް ތައުރީފު ކުރައްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދަކީ ކޮބައިތޯ ބެއްލެވި ކަމަށާއި އަދި އެމީހުން ތިބި ތަންތަނާއި އެމީހުން ރާއްޖެ އައި މަގުސަދާއި ރާއްޖޭގައި އެމީހުން ކުރަމުން ދިޔައީ ކޮން މަސައްކަތްތަކެއްތޯ ރައީސް އޮޅުންފިލުއްވި ކަމަށް ޣައްސާން ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތައް ކުރެއްވުމަށްފަހު ރައްޔިތުންނާއި އެ މައުލޫމާތުތައް ރައީސް މުއިއްޒު ހިއްސާ ކުރެއްވި ކަމަށް ޣައްސާން ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ސިފައިންގެ އެންމެ މަތީވެރިޔާގެ އިތުރުން ހާރިޖިއްޔާގެ ވެސް އެންމެ އިސްވެރިޔާކަން ފާހަގަކުރައްވާ ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިންގެ މައްސަލާގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ވަރަށް ޑިޕްލޮމެޓްކޮށް ކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރާއެކު އެކަމުގެ މަޝްވަރާތައް ކުރެއްވި ކަމަށާއި އަދި އެކަމަށް އިންޑިއާ އިން ވެސް އިޖާބަ ދިން ކަމަށް ޣައްސާން ވިދާޅުވިއެވެ.
"މިދިޔަ މެއި މަހުގެ 9ވަނަ ދުވަހުން ފެށިގެން މިބިމަކު ސާބިތުވެ ބޭރުގެ އެއްވެސް ސިފައިންގެ މީހެއް އިންޑިއާ އެއްވެސް ސިފައިންގެ މީހެއް ނެތް،" ޣައްސާން ވިދާޅުވިއެވެ.
ޣައްސާން މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އަދިވެސް އިންޑިއާގެ ސިފައިން ތިބި ކަމަށް ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ދައްކަވާއިރު އެކަމަށް ޑިފެންސް މިނިސްޓަރު އެއްވެސް އެއްޗެއް ވިދާޅުނުވެ، "ހަނު" ހުންނަވާ ކަމަށް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ. އަދި އެފަދައިން ޣައްސާން ކަން ކުރައްވަނީ ޔާމީން ދައްކަވާ ވާހަކައަކީ ތެދުކަން ހުދު ޣައްސާނަށް ވެސް އެނގިލައްވާތީ ކަމަށާއި ޣައްސާނަކީ "އިތުރުފުޅު" ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޮޑުވެގެންވާ އިތުރު ފުޅެއް ލ.ގަމުގައި މިހާރުވެސް އިންޑިޔާގެ 25 ސިފައިން އެބަތިބި
ރަށުުމީހާތިކަން ޤަބޫލު ކިރެވެން އޮތީ އިންޑިއާގެ ވެހިކަލްތައް ދިވެހި ސިފައިން ދުއްވަން ފެށިދުވަހަކުން.
ޝަހުމަތު / ފިޔޯރީގެއްލިފައި ހުރެ މި ފެނުނީ!
އަހްމަދު