އިންޑިއާގެ އާންމު އިންތިހާބުން ކުރި ލިބުނު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފިއެވެ.
މޯދީ އަކީ ފާއިތުވެދިޔަ 10 އަހަރު މެދުކެނޑުމެއް ނެތި ބޮޑުވަޒީރު ކަމުގައި ހުންނެވި ބޭފުޅާއެވެ. ނަމަވެސް މިފަހަރުގެ އިންތިހާބުގައި މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް އުއްމީދު ކުރިވަރުގެ ގޮނޑިތަކެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރު މޯދީ ޖެހިވަޑައިގަތީ ކޯލިޝަން ސަރުކާރެއް އެކުލަވާލާށެވެ.
ހުވާ ކުރެއްވުމަށްފަހު އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ 1.4 ބިލިއަން އިންޑިއާ މީހުންނަށް ހިދުމަތްކޮށް، އޭނާ އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހާ ގުޅިގެން އިންޑިއާ ކުރިއެރުމުގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
މިއަދު ހުވާކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ މޯދީ ވިދާޅުވީ އޭނާ އެކުލަވާލާފައިވާ ވަޒީރުން މަޖިލީހުގެ އެ ޓީމަކީ ޒުވާނުންނާއި ތަޖުރިބާގެ ވަރަށް ބޮޑު މިކްސްއެއް ކަމަށާއި އެހެންކަމުން އެބޭފުޅުން، ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށް އެއްވެސް ހުރަހެއް ނުބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.
މޯދީގެ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގައި ހިމެނޭ ބޮޑެތި ޕާޓީތަކުން ސަރުކާރު އެކުލަވާލުމުގައި މޯދީއަށް ބޮޑެތި ޑިމާންޑްތަކެއް ކުރި ކަމަށާއި ވަރަށް ގިނަ މަޝްވަރާތައް ކުރަންޖެހުނު ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެފައިވެ އެވެ. ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި މޯދީ ވަނީ ސަރުކާރު އެކުލަވާލުމުގެ ބޭނުމަށް އެހެން ޕާޓީތަކުގެ އެދުމަށް އެތައް ކަމެއްގައި ދޫދެއްވައިފަ އެވެ.
އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެންޑީއޭގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޓެލްގޫ ދެސަމް ޕާޓީ (ޓީޑީޕީ) އިން 16 ގޮނޑި ކާމިޔާބުކޮށްފައި ވާއިރު ކެބިނެޓުން އެ ޕާޓީއަށް ހަތަރު މަގާމު ދޭން ޖެހިފައިވެ އެވެ. ދެން 12 ގޮނޑިއާ އެކު ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ލިބުނު ޖަނަތާ ދަލް (ޔުނައިޓެޑް) އިން ވަނީ ކެބިނެޓުން ދެ މަގާމު ދިނުމަށް އެދިފަ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު