ދައުލަތުގެ ހަރަދު ބޮޑުވެފައި ވަނިކޮށް ގދ. އަތޮޅުގެ ކައުންސިލަރުން ތުރުކީ އާއި ދުބާއީއަށް ކުރި ދަތުރަކަށް 837,000 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޭއިރު އެ ކައުންސިލްތަކުން ފައިސާ ބޭނުން ކުރަމުން އަންނަނީ ޒިންމާދާރުވެރި ކަމެއް ނެތި ކަމަށެވެ. އެގޮތުން މި އަހަރު ތެރޭގައި ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީ އަށް ތިން ދުވަހަށް ދުބާއީ އަށް ދަތުރު ކުރުމަށް 837،078ރ. ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެ ދަތުރަށް ޑޮލަރު ގަތީ ވެސް ބޮޑު އަގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑޮލަރު ގަތީ ކަޅު ބާޒާރުން 17.65 ރުފިޔާއަށް. މިއީކީ ނޫން އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އަޅުގަނޑުމެން އެންމެން އެބަޖެހޭ ޒިންމާދާރުވާން." ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މިމަހުގެ 24 ވަނަ ދުވަހު ވެސް ހއ. އަތޮޅު ކައުންސިލުން ބެންކޮކް ދަތުރެއް ވަނީ ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކައުންސިލްތަކުގެ މާލީ ހިންގުން ހަރުދަނާ ކުރަން ކުރަންޖެހޭ ކަންކަން މަޖިލީހުން ކުރާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް