މިފްކޯ އިން މިހާރު މަސް ގަންނަމުން ގެންދާ އަގު ދަށް ކުރުމުގެ މަޝްވަރާތަކެއް ކުރިޔަށްދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ އަންނަ މަހުގެ 26ގެ ކުރިން މަހުގެ އަގު މުރާޖާ ކުރުމަށް ފިނޭންސުން ފޮނުވާފައިވާ ލިޔުންތަކުގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަކީ މިވަގުތު ވެސް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ނާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ އެންމެ އަވަހަށް ބޭއްވޭ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މަހުގެ އަގު މުރާޖާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.
މިފްކޯ އިން މިހާރު މަސް ގަންނަމުން ދާ އަގަކީ 20 ރުފިޔާއެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިން އަތުން ގަންނަ މަސް 25 ރުފިޔާ އަށް ބޮޑު ކުރިއެވެ. އޭގެކުރިން މަސް ގަންނަމުން ދިޔައީ 17 ރުފިޔާ އަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ