ކުރީގެ ރައީސް ޔާމީން އުޅުއްވީ ލިބޭ ލާރިއެއް ވިއްޔާ "ބައްކުރަން" ކަމަށް ވިދާޅުވެ، ދިއްދޫ ދާއިރާގެ މެންބަރު ލަތީފު، ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފު ވިދާޅުވީ 2008ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކުރަން ފެށި އެމްޑީޕީން ވެރިކަން ކުރަމުން ދިޔަ ގޮތް ހިތްހަމަ ނުޖެހިގެން 2013ވަނަ އަހަރު ރައްޔިތުން އައު ބަޔަކާ ވެރިކަން ހަވާލު ކުރި ކަމަށެވެ. އެ ވެރިކަމުގައި ކާމިޔާބު ދުވަސްތަކެއް ގުނަމުން ދަނިކޮށް ވެރިކަމަށް ބަނަކަން އަންނަން ފެށީ "ބަދިގެ ތެރެއިން ކަންކަން ނިންމަމުން ދިއުމުން" ކަމަށް ލަތީފް ވިދާޅުވިއެވެ.
"މިފަހަރު އިރާދަކުރެއްވިއްޔާ ބަދިގެ ތެރެއިން އެކަމެއް ނުކުރާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އޮފީހުން ކަންތައްކޮށް ނިންމާނީ. މި އޮފީސް ތެރެއިން އަޅުގަނޑުމެންނަށް އޯޑަރުތައް އަންނާނީ. އެއީ އެކަން ވީ ގޮތަކީ،" ލަތީފް ވިދާޅުވިއެވެ.
ރައީސް މުއިއްޒާ ރައީސް ޔާމީނާ ހުންނެވި ތަފާތު ދައްކަވަމުން ލަތީފް ވަނީ ރަމަޟާން މަހުގެ ތެރޭގައި ތަކެތީގެ އަގުތައް ރައީސް ތިރި ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އީދަށް ރާއްޖޭގެ ރަށްތައް ދިއްލާލާ "ރައްޔިތުންނަށް ހިތްހަމަޖެހުން" ރައީސް މުއިއްޒު ގެނެސްދެއްވި ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އެކަންކަން ކުރެއްވީ ފައިސާތައް ތިޖޫރިއަށްލާ ފޮރުވައިގެން ނޫން ކަމަށާއި އެކަންކަން ކުރެއްވީ ފައިސާ ހަރަދު ކުރައްވައިގެން ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީން މަސައްކަތް ކުރެއްވީ އެއާ އިދިކޮޅަށް އެއިން އެއްވެސް ކަމެއް ކުރިޔަ ނުދިނުމަށް. އެކަމަކު ޑރ. މުއިއްޒު ކުރެއްވީ އެއާ މުޅިން ތަފާތުކޮށް. ހަރަދު ކުރެއްވީ ހަރަދުކޮށްގެން ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނީ ގެންގޮސް ތިޖޫރިއަށްލާ ފޮރުވީއަކީއެއް ނޫން. ލިބުނު އެއްޗެއް ވިއްޔާ ބައްކޮށް... އާދެ ލިބުނު އެއްޗެއް ވިއްޔާ ފޮރުވީ،" ލަތީފް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް އުފާފާގަތިކަން ގެނެސް ދެއްވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. މިއަދު ދިވެހިން ތިބީ ފިނި ހިޔަލުގައި ކަމަށާއި ގަދަ ހޫނަކަށް ދާން ރައްޔިތުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލަތީފު އުޅުނީ އެލާރިތަށް ތިމާގެ ސަޕޯޓަށް ބައްކުރައްދޯ
ވ