ނިމިދިޔަ އެމްޑީޕީގެ ސަރުކާރު އޮތްއިރު އޭރު އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީން އިންޑިއާއާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ކެމްޕެއިންގައި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކުރެއްވީ ހިތާ ދެކޮޅަށް ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންސީ ހައުސްގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ އޭނާ ސިޔާސީ މަސައްކަތަށް ޕީޕީއެމް/ޕީއެންސީ އާއެކު ނިކުމެ، މަގުމަތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއިރު ރައީސް މުއިއްޒަކީ އެފަދަ ކަންކަމުގައި [މަގުމަތީގެ ހަރަކާތްތަކުގައި] އެހާ ބޮޑަށް އުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ. އެކި ބޭފުޅުންގެ މިޒާޖު ހުންނަވާނީ އެކި ގޮތް ގޮތަށްކަން ފާހަގަކުރައްވަމުން ހުސައިން ވިދާޅުވީ އެހެންނަމަވެސް "ނުކުރަން" ޖެހުނު އެތައް ކަމެއް ގައުމާއި ދިވެހި ރައްޔިތުންނާއި ޕާޓީއަށްޓަކައި އެމަނިކުފާނު ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ އޭރު ޕީޕީއެމް/ޕީއެންސީ އިން ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އެއް ކެމްޕެއިން ކަމަށްވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ހުދު އޭނާ ރުހުނު ކެމްޕެއިނެއް ނޫން ކަމަށެވެ. އޭނާ ފަދައިން އެކަން ކުރުމުގައި ލީޑާޝިޕްގައި ތިއްބެވި އެހެން ބޭފުޅުންގެ ރުހުމެއް ވެސް ނެތްކަން ހުސައިން ފާހަގަކުރެއްވިއެވެ.
"އެ އިންޑިއާ އައުޓް ޖެއްސެވިއިރު އަޅުގަނޑުމެންނަށް ފެނުނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ހަމަ އެޓީޝާޓް ތުރު ކުރައްވައިގެން އަޅުގަނޑުމެންނެކޭ އެއްފަދައިން މަގުމައްޗަށް ނިކުމެ މަގުމަތީގައި ހުންނެވިތަން. މީގެއިން ދޭހަވަނީ ކިޔަމަންތެރިކަމުގެ ލާމަސީލް،" މެންބަރު ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު އެދުވަހު އެކަން ކުރެއްވީ އޭރު ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް ޔާމީންގެ އެންގެވުމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންނެކޭ އެއްގޮތަށް މަގުމައްޗަށް ނިކުމެ [ރައީސް މުއިއްޒު] މަސައްކަތްޕުޅު ކުރެއްވީ ހިތާ ދެކޮޅަށް،" މެންބަރު ހުސައިން ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ވެރިކަން ކޮށްފައިވާ އެމްޑީޕީން އޮތީ މުޅި ދިވެހި ދައުލަތް "ދޮވެލާފައި" ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށްޓަކައި ރެއާ ދުވާލު އަދުގެ ރައީސް ޑރ. މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހުސައިން ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ ގައުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް ތިއްބެވި ސިޔާސީ ލީޑަރުން ވެސް ޒާތީ ކަންކަން އެއްފަރާތް ކުރުމަށްފަހު އެބޭފުޅަކަށް ލިބިފައިވާ ތަޖުރިބާއާ ހުނަރާއި އިލްމެއް ބޭނުން ކުރައްވައިގެން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އެހީތެރިކަމުގެ އަތް ދިއްކޮށްލަން ޖެހޭ ކަމަށެވެ.
"އެހެން ނޫން. ވެރިކަމަށް ހަތް މަސް ވެގެން ދިޔައިރު މި ފެންނަނީ އަޅުގަނޑުމެންގެ ގައުމު އޮތް ހާލަތު އެނގި ތިބެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި ސަރުކާރާ ދޭތެރޭ އޮތް އިތުބާރު ގެއްލުވާލުމަށްޓަކައި ބޭނުން ގޮތަކަށް ކަންކަން ބައްޓަން ކޮށްގެން ވާހަކަތައް ތަރުތީބު ކޮށްގެން ގުޅުވައިގެން މަސައްކަތް ކުރާތަން،" ހުސައިން ވިދާޅުވިއެވެ.
ހުސައިން ދެކިވަޑައިގެންނެވި ގޮތުގައި އެއީ އެއްވެސް ޒިންމާދާރު ކަމެއް ނެތް، އަދި ސިޔާސީ ބުރަދަނެއް ނެތް ފަރާތްތަކުން ކަންކަން ކުރައްވާނެ ގޮތްތަކެވެ.
ރިޔާސީ ކެމްޕޭން ގަ އިންޑިއާ އައުޓް ސްލޯގަން ބޭނުން ކުރީވެސް މަޖުބޫންތަ.
ޓިނުޓީސާޓު ނުލާފިނަމަ މަރާލާނަމޭ.ބުނީތަމީހަކު ނޫނީ ގަދަކަމުން ބައަކުހިފަހައްޓާފަ ލެއްވީތަ ހޭނުޖެހޭވާހަކަ ނުދައްކާ
ހ