ފައިސާ ޗާޕު ނުކޮށް ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ސަރުކާރުން އެމްއެމްއޭ އިން ލޯނު ނަގާފައިވާ ކަމަށާއި އެއީ ފައިސާ ޗާޕު ކުރުން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ހައި ކޯޓުން ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރި ފަހުން ފުރަތަމަ ފަހަރަށް އެމަނިކުފާނު އިސްވެ އުފެއްދި އައު ސިޔާސީ ޕާޓީ ޕީއެންއެފްގެ ޕޯޑިއަމްގައި މިރޭ ވަނީ ވާހަކަދައްކަވާފައެވެ. ޔާމީންގެ އަމިއްލަފުޅު ގެކޮޅުގައި ހުންނަ ޕީއެންއެފް އޮފީހުގައި އޮތް ޖަލްސާއެއްގައި މިރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ އެމްޑީޕީގެ ސަރުކާރުން ފައިސާ ޗާޕު ކުރަމުން ދިޔަ ގޮތަށް މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމަކީ ހުދު އެމަނިކުފާނު ވެސް ގަޔާވާ ކަމެއް ނޫން ކަމަށެވެ.
ހިސާބު ނަންބަރުތަކުން ތަފާސް ހިސާބުތައް ދައްކަވަމުން ޔާމީން ވިދާޅުވީ މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 12 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ހިސާބު ދިމާ ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމްއެމްއޭ އަކީ ދައުލަތުގެ މުއައްސަސާއަކަށް ވާއިރު ދައުލަތް އެދުމުން އެ މުއައްސަސާ އިން ކުރު މުއްދަތުގެ ލޯނުތައް ދޫކުރާނެ ކަމަށެވެ. އެ ލޯނު ދޫކުރަނީ "އެޑްވާންސަސް ޓޫ ދަ ގަވަރުމަންޓް" ގެ ނަމުގައެވެ. ޔާމީން ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެ އައިޓަމްގެ ގޮތުގައި އުޅެނީ 1.7 ބިލިއަން ރުފިޔާ ކަމަށެވެ.
"މިއަދުގެ ހިސާބުތަކަށް ބަލާއިރު "އެޑްވާންސަސް ޓޫ ދަ ގަވަރުމަންޓް" ގެ އުޅެނީ 14.7 ބިލިއަން ރުފިޔާ. އެހެންވީމަ މިއައީ އެއްކަލަ 13.7 ބިލިއަން. މިއައީ އެއްކަލަ 13.7 ބިލިއަން. އެހެންވީމަ އެމްއެމްއޭ އިން ބޮރޯ ކޮށްގެން މިއުޅެނީ،" 2013 އިން 2018އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ޔާމީން ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރާ އަނެއް ގޮތަކީ ބޭންކުތަކަށް ވަދެފައި ހުންނަ ފައިސާ ނުވަތަ މީހުންގެ އަތްމަތީ ހުންނަ ފައިސާ ނޫން ގޮތަށް، އެމްއެމްއޭ އިން ފައިސާ ނެގުން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި އެ ދެގޮތުން ކުރެ ކޮންމެ ގޮތަކަށް އަމަލު ކުރި ނަމަވެސް ނިކުންނާނީ އެއް ނަތީޖާއެއް ކަމަށެވެ.
ޔާމީންގެ ވާހަކަފުޅުގައި އެމްއެމްއޭ އިން ލޯނު ނަގައިގެން ސަރުކާރެއް ނުހިންގޭނެއެވެ. އަދި އެކަމަކީ ގޯހެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައްޔުތުންނަށް ހެޔިއެދޭ ސަރުކާރުން ކީއްވެބާ މިހާދޮގުހަދަނީ. އޫދައް ބޮކިޖެހީމަ ޕާރޓި ކުދިން ހެވިފަ.. ރައްރަށުގެ ޕޮލިސް ގެތަކައްވެސް 2 މަސް ވެއްޖެ ކުލިނުދޭތާ . ކޮބާތޯހުރިލާރިތައް
ގުސްތާ