ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ރަސްމިއްޔާތުގައި ދިވެހި ދިދައަށް އިޝާރާތްކޮށް ދެއްކެވި ވާހަކައަށް ކުރީގެ ރައީސް ޔާމީން ހަޖޫ ޖައްސަވައި، ފާޑުވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ޔާމީންގެ ކެންޑިޑޭޓުންނަށް ލިބުނު ނާކާމިޔާބީއަށްފަހު، ފުރަތަމަ ފަހަރަށް ޕީއެންއެފްއިން މިރޭ މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ގައުމިއްޔަތާ ބެހޭ މިނިސްޓްރީއެއް އުފައްދަވައި "އޭ މިހިރަ ދިދަޔާއޭ، މަގޭ އމއ" ވިދާޅުވިޔަސް، ގައުމިއްޔަތު ދިފާއު ނުކުރެވޭނެ ކަމަށެވެ.
"އޭ މިހިރަ ދިދަޔާއޭ، މަގޭ އމއ. މިހެން ބުންޏަކަސް އެއީ ގައުމިއްޔަތު ދިފާއުކުރެވުނީކީ ނޫން. ދިދަ ބަލާފަ އަޅުގަނޑުމެންނަށް ކޮންމެފަދަ އެއްޗެއް ވެސް ބުނެވިދާނެ. ގައުމިއްޔަތަށް ކުޑަވެސް ކުލުނެއް ހުރެއްޖެއްޔާ ގައުމުގެ ބަހާތައް ހިފަހައްޓަން މަސައްކަތް ކުރަންވާނެ،" މީޑިއާތަކަށް ސުވާލު ކުރެވޭ ގޮތަށް ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވިއެވެ.
ޔާމީން ސަރުކާރަށް އަމާޒު ކުރެއްވި ސުވާލުތައް:
- އިންޑިއާ ސިފައިން ރާއްޖެއިން ބޭލިއްޖެތޯ؟
- ރާއްޖެއިން "ވިއްކާލި" ކަނޑު ހޯދިއްޖެތޯ؟
- އިންޑިއާ އައުޓް މިހާރު ނުކިޔެނީ އިންޑިއާ ދަށުވީމަތޯ؟
- އިންޑިއާ ދިފާއުގައި ސާލިހު ނެރުއްވި ގަރާރު ބާތިލު ނުކުރެއްވެނީ ކީއްވެތޯ؟
- އިންޑިއާއެކު ހަދާފައިވާ އެގްރިމެންޓުތައް ދައްކަން ނުކެރެނީ ކީއްވެތޯ؟
ޔާމީން ވިދާޅުވީ މިރޭގެ ޖަލްސާގައި ބޭއަދަބީ ބަހެއް ވިދާޅުވެވިފައިވާނަމަ، މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެފަދަ ވާހަކައެއް ދެންނެވުނީ ޖަޒުބާތުގައި ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެ، ޔާމީން ވާހަކަފުޅު ދައްކަވާފައި މި ވަނީ ސަރުކާރު ހިންގާ ޕީއެންސީން، ޑިމޮކްރެޓްސް ހަރުގެ ހިންގިތަނުގައި ރޭ ޖަގަހައެއް ހުޅުވައި، ޔާމީނަށް ފާޑުވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވާހަކަތެއް ދައްކާފައިވަނިކޮށެވެ.
އަމާ އެއީ ހަޑި ބަޔެއްތަ؟
ސައްލޭއެއްބަޔަކުއަނެށްބަޔަކަށް މަލާމާތްކޮއް ފުރައްސާރަކުރުމަކީ ޖަޒުބާތެށްނޫން ތިޔައިންއެކެށްގެ ހިތުގާވެސް އީމާންކަމުގެޒައްރެށްގެ މިންވަރުވެސް ނެތީ ވެރިކަމަކީ الله تعالی އެކަލާގެ އަޅުތަކުންނަށް މިދުނިޔެމަތީގަ ދެއްވާ އިންތިހާނީ ނިއުމަތެށް އެކަމާއިމެދު ޖޭނުވެ.ގަޅޯދަރާއިމެދުވިސްނަމާދޯ،
ފަޔާޒްޔާމިންގެ ވާހަކަ ގަބޫލް ކުރެވޭ.
ާސައިދު