ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހާ ގުޅޭ ގޮތުން ދެކެވެމުން އަންނަނީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް އެޕާޓީން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ ދެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ދައުރު ކުރަމުންނެވެ. އެ ވީޑިއޯ މިއަދު އެންމެ ފުރަތަމަ ޕޯސްޓު ކުރީ "ހަސަން ކުރުސީ" ގެ އެކްސް އެކައުންޓުންނެވެ. އަދި އެ ވީޑިއޯގައިވާ އެއް ފިރިހެނަކީ ފަލާހް ކަމަށް އެ އެކައުންޓުން ތުހުމަތު ކޮށްފައިވެއެވެ.
އެކަމަށް އިޝާރާތްކޮށް ޕީއެންސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ކަށަވަރުކޮށްދީފައެވެ،" ޕީއެންސީގެ ބަޔާނުގައިވެއެވެ.
"ހަސަން ކުރުސީ"ގެ އެކައުންޓާ ގުޅޭ ގޮތުން ޕީއެންސީން ބުނީ އެ އެކައުންޓަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރާ ފިތުނަ އުފެއްދުމުގައި ހައްދު ފަހަނައަޅާފައިވާ "ފޭކް އެކްސް އެކައުންޓެއް" ކަމަށެވެ.
"މިނޫންވެސް އިތުރު ފަރާތްތަކުން މި ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ގެންދަނީ ފަތުރަމުންނެވެ،" ބަޔާނުގައިވެއެވެ.
އެހެންކަމުން ވީމާ، އެފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން ވަނީ ގޮވާލައިފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި