ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އުދާސްތައް ބަންޑުންވެ، ކުރީގެ ރައީސް ޔާމީން އަދި އަނބިކަނބަލުން ފާތިމަތު އިބްރާހީމް އަށް ބަހުގެ ހަމަލާތަކެއް ދީފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ހަރުގެ "ޕީއެންސީ ހައުސް" ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިރޭ ޝިޔާމް ވަނީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން އުފެއްދެވި "ސަދަގާތް ފައުންޑޭޝަން" އިން ކޮށްފައިވާ ކަންކަމަށް ފާޑު ވިދާޅުވެފައެވެ.
ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުން އުފެއްދެވި ފައުންޑޭޝަން އިން ސަރުކާރު ކުންފުނިތަކުން ފައިސާ ނަގައިގެން "ކޮރަޕްޝަނަށް" މަގުފަހިވާ ކަންކަން ކޮށްފައިވާ ކަމަށް އޭރު ތުހުމަތު ކުރެވުނެވެ.
އެ ފައުންޑޭޝަނުން ކޮށްފައިވާ ކަންކަމަށް ފާޑު ވިދާޅުވެ އަދުރޭ ވަނީ ދިވެހިރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން 150 އިން 200 އިން ކޯޓާ ނަގައިގެން ކުރި ކަންތައް މިއަދު ނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފައެވެ.
"ކޮބައިތޯ މިއަދު ސަދަގާތް ފައުންޑޭޝަން. ކޮންތާކުތޯވީ. ކީއްވެގެންތޯ ހިތާނީ މޫސުން ނުގެންނަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރު ޕީޕީއެމް/ޕީއެންސީގެ މެންބަރުން އުޅުނު ގޮތް އަދިވެސް ހަނދާން އެބަހުރި ކަމަށް ވިދާޅުވެ، އަދުރޭ ވިދާޅުވީ އެ ދެޕާޓީގެ މެންބަރުން އުޅުނީ ވަރަށް ހާލުގައި ކަމަށެވެ. އަނބިދަރިން ނުކައި ނުބޮއި ގޭގެ ކަރަންޓާއި ފެން ބިލު ނުދެއްކޭ ފަދަ ހާލަތެއްގައި ތިބިއިރު ޕާޓީގެ ފައިސާ އަށް ވެގެން ދިޔަ ގޮތް އޭނާ ނޫން އިތުރު އެހެން މީހަކަށް ނޭނގޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ޔާމީންގެ ވެރިކަމުގައި ކަންކަން ހިނގާދިޔަ ގޮތުގެ ވާހަކަތައް ވިދާޅުވެފައެވެ. އެގޮތުން އަދުރޭ ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ޔާމީނާ ހިއްސާ ކުރެއްވި ކަމަށެވެ. ދެ އޮފީހެއްގައި ކެމްޕެއިންގެ މަސައްކަތްތައް ކުރުމުގެ ބަދަލުގައި އެއް އޮފީހަކުން އެ މަސައްކަތްތައް ކުރުމަށް ދެންނެވިން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ވިދާޅުވީ މިއީ ތިމަންނާގެ ކަމެކޭ. ކަލޭމެންނާ ބެހޭ ކަމެއް ނޫނޭ. ކަލޭމެން ހުންނާށޭ ތިމަންނާ ބުނާ ކަމެއް ކުރަން. އަޅުގަނޑުމެން ތިބީ ބުނާ ކަމެއް ކުރަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ވެރިކަން އޭރު ގެއްލިގެން ދިޔައީ ކޮރަޕްޝަނަށް ފިޔަވަޅު ނޭޅިގެން ކަމަށެވެ. މި ސަރުކާރުގައި ކޮރަޕްޝަނަށް ފިޔަވަޅު އަޅާނެ ކަމަށާއި އަދި އެފަދަ ކަމެއް ނުވެސް ދެއްކޭނެ ކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން އަބްދުއްރަހީމް ރޭވިކަމުގެ ތުހުމަތަށް މިރޭ އެމަނިކުފާނު ޖަވާބު ދެއްވިއެވެ. ވިދާޅުވީ ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން މާކުރިން ވެސް އޭނާ ރާއްވަވާފައި ވާނެ ކަމަށެވެ. އެއީ ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އެހެން ބޭފުޅަކަށް ޓިކެޓު ނުދޭނެކަން ޔަގީން ވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ޕްލޭން އޭ ހަދާފައި ބީ ހަދާފައި ސީ ހަދާފައި އުޅުއްވިޔަސް އެމަނިކުފާނުގެ [ޔާމީން] އެއްބަސްވުމެއްގައި އެމަނިކުފާނުގެ ރުހުމެއްގައި އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެކަން. އެހެން ވެގެންނޭ އެދުވަހު 9 ޖެހިއިރު ގޮސްފައި ފޯމު ވެއްދޭ. ފޯމު ވެއްދީ ދެވަނަ މީހަކަށް އެ ފޯމު ވެއްދުމުގެ ފުރުސަތު ނުދޭން ވެގެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔާމީނަށް އިހްތިރާމާއި ގަދަރު އަދިވެސް ކުރައްވާ ކަމަށާއި ނަމަވެސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މުހައްމަދު މަލީހް ޖަމާލު ކައިރި ކުރައްވައިގެން، ޔާމީނަށް ކުރިއެރުމެއް ނުލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަދުރެ އައް އެހެން މީހުންގެ ވާހަކަ ދެއްކުމުގެ އެއްވެސް ގަބިލު ކަމެއް ވެސް ނެތެއްނުންތަ. ބުނާއެއްޗެއް ހަދައިގެން ހުރި މީހެއް ނޫން ތަތި. ދެންކޮން ޔާ މީނު އެކޭތަތިކިޔަނި.
އަފީފާމިހާރު ހައްޖު ކޯޓާއިން ހިންގާ ޖަރީމާ ކުޑަތަ؟ ފަހު ގްރޫޕްގެ ކޮންމެ މީހެއް އަތުން 7000 ރފ ނެގި ގޮތެއް ކިޔަންވީއެއްނު. މަސްވެރިންނަށް ލާރި ދޭންވީމަ ދައލަތުގަ ފައިސާ ނެތް.. މަގުމަތީ ޖަހާ ބޮކި ގެނެސް ނާޗަރަންގީ ކުޅެން ވީމަ ޙަރަދު ކޮއްލަނީ ކިހިނެތް
ކޮއްކޮތިހުރިހާ ކަމެއް އެގިހުރެ އޭރު ޔާމީނަށް ސަނާ ކީ ކީއްވެ؟ އެހެންވީމާ އަދުރޭވެސް ތިހިރީ ބޮނޑތަނުން ކުށްވެރިވެ ގޮޅިއަކަށް ފެތިފައެއްނު. ކޮރަޕްސަން ހިންގިއިރު އަންގަންވާ ފަރާތްތަކަށް ނޭންގީ ކީއްވެ؟ އެންޓިކަރަޕްޝަހް ކޮމިޝަން ގެ ސަމާލުކަށް މިކަން ގެނެސް އަވަހަށް ފިޔަވަޅު އަޅުއްވާ..
މަހާތީރުއަބުދުއްރަހީމު،އަމިއްލަޔަށް ރައްޔިތުންގެ ޓެކްސް ފައިސާއިންނާއި،ހައްޖުކޯޓާއިން ކުރި ވައްކަމުގެ ވާހަކަ އަމިއްލަ ދުލު ތިބުނިއިރު ލަދުހަޔާތުގެ،ކަންފުޅެއްވެސް އެބަހުރިތޯ؟؟؟؟
ޙަސަނބެއަދި މުއިއްޒު އަށް ވެސް ހަޑި އެއްޗެހި ގޮވާނެ ތިޔައީ ހަމަ އަދުރޭ
ދިރާސާ