މިދިޔަ މަހުގެ 21ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ކުރެންދޫ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި މެންބަރު، ޝާމިން ހަބީބް ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.
ޝާބިން ޕީއެންސީ އަށް ސޮއި ކުރައްވާފައި މިވަނީ މިއަދު މުލީއާގޭގައި އެކަމަށްޓަކައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. ޝާބިން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި 19ވަނަ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެކުރިން ވެސް އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބައެއް އެހެން މެންބަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވިއެވެ.
އެ ބޭފުޅުންނަކީ:
- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު
- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު
- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް
- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން
- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް
- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް
މި ފަސް ބޭފުޅުންގެ ތެރެއިން އަހްމަދު ރިޔާޒަކީ މުޅިން އަލަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.
ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. މިއަދު ޕީއެންސީއަށް ސޮއިކުރެއްވި އިންތިހާބީ މެންބަރާއެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު 74 އަށް ވަނީ އަރައިފައެވެ.
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ