އެއްވެސް ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް ދެމުން އަންނަ އިޒްރޭލަށް އީރާނުން ހަމަލާތައް ދޭން ފަށައިފިއެވެ.
ބޭރުގެ މީޑިއާތަކުގައިވާ ގޮތުގައި އީރާނުން ވަނީ އިޒްރޭލަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް ފޮނުވާލައިފައެވެ. އެކަމަކު އެ ހަމަލާތައް އިޒްރޭލާއި ހަމައަށް ފޯރަން ވަގުތުކޮޅެއް ނަގާނެ ކަމަށް ބުނެއެވެ.
އީރާނުން އިޒްރޭލަށް ހަމަލާތައް ދޭން ފަށާފައި މިވަނީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާއެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ހަތް މީހަކު މަރުވިތާ ގާތްގަނޑަކަށް ދެ ހަފްތާ ފަހުންނެވެ.
"އީރާނުން ޔޫއޭވީތައް ފޮނުވާލީ އެގައުމުގެ ސަރަހައްދުން އިޒްރޭލުގެ ސަރަހައްދާއި ދިމާލަށް،" އިސްރާއީލުގެ ސިފައިންގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުންޏެވެ.
އީރާނުން ހަމަލާތައް ދީފާނެ ކަމަށް ބަލާ އިޒްރޭލުން އޮތީ ހައި އެލާޓުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ