މިފްކޯ އަށް ލޯނެއް ނަގައިގެންވިއަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދެވޭނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައީސްގެ ޖަވާބު" ނަމުގައި ފަށާފައިވާ ޕްރޮގްރާމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ބޮޑަށް އިނދަ ޖެހިފައި ކަމަށެވެ. އެގޮތުން މިފްކޯ އިން އެކަނި މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 250 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވި ފަހުން މިހާރުވެސް ދެ ފަހަރެއްގެ މަތިން 200 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ދީފައިވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ ފައިސާތައް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"ހުރިހާ މަސްވެރިންނަށް ދޭން ހުރި ފައިސާ ވަރަށް އަވަހަށް އިރާދުކުރެއްވިއްޔާ ހަވާލު ކުރުމުގެ މަސައްކަތް މި ކުރަނީ،" ރައީސް ވިދާޅުވިއެވެ.
މިއީ އާއްމުންގެ ސުވާލުތަކަށް މިގޮތަށް ރައީސް ޖަވާބު ދެއްވި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުން ބުނީ ވަގުތުވާ މިންވަރަކުން އާއްމުންގެ މިފަދަ ސުވާލުތަކަށް ކުރިޔަށް އޮތް ތަނުގައި ރައީސް ޖަވާބު ދެއްވަމުން ގެންދަވާނެ ކަމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި