ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާ އިން މިފަދައިން ބުނެފައި މިވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާ މައްސަލައާ ގުޅިގެންނެވެ. ބައެއް ނޫސްތަކުގައި އެ މަސް ދޯންޏަށް އެރީ އިންޑިއާ ސިފައިން ކަމަށް ރިޕޯޓު ކޮށްފައިވީ ނަމަވެސް އެމްއެން
އެކަމާއި ގުޅިގެން ބޮޑުކަންނެލި ޖަމިއްޔާ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ އެ ޖަމިއްޔާގެ މެންބަރު ތިން ދޯންޏަކަށް ބޭރު ގައުމެއްގެ އަސްކަރީން އިއްޔެގެ ވަގުތެއްގައި އަރާ ބިރު ދައްކާ، މުއާސަލާތު ކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް މަސްވެރިކަން ކުރުމަށް ހުރަސް އެޅުމަކީ އެ ޖަމިއްޔާ އިން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބުނީ އެ އަމަލަކީ އިންތިހާ އަށް ނުރައްކާތެރި ވެސް އަމަލެއް ކަމަށެވެ.
"ފަހަކަށް އައިސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން ބޭރުގެ ބޯޓު ފަހަރު މަސްވެރިކަން ކުރުން އިންތިހާ އަށް އިތުރުވަމުން ދިއުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމުގައި ދަންނަވަމެވެ. އެހެންކަމުން މި ފުރުސަތުގައި ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިވެހި މަސްކަނޑުތައް އިތުރަށް ހަރުދަނާކޮށް ބަލާ މޮނީޓާ ކުރުމަށް ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައިވެއެވެ.
ބަޔާނުގައިވާ ބައެއް އެހެން ވާހަކަތައް:
ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުން އަވަސް ކުރުން
ބިން ހިއްކުމަށް ވެލި ނަގާތީ އެން ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވުން
ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް ފައިސާ ނުލިބުން
މިފްކޯ އިން ކަންނެލި ގަތުމަށް ގޮވާލުން