ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާއްމު ކުރަމުން ދިޔަ ފިސްކަލް ރިޕޯޓު އާއްމު ކުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ، އަކްރަމް ކަމާލުއްދީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސްގައި އަކްރަމް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ސަރުކާރުން ވަނީ ކޮންމެ ހަފްތާއަކު ނެރޭ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ޝާއިއުކުރުން ހުއްޓާލާފައި ކަމަށެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ކުރީ ސަރުކާރުން އެ ރިޕޯޓު ޝާއިއުކުރަމުން އައިސްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
"މި ރިޕޯޓާ ނުލައި ސަރުކާރުގެ ބަޖެޓް ޚަރަދުތައް ނޭނގޭއިރު، ބަޖެޓް ތަންފީޒުކުރުމުގައި ދެފުށް ފެންނަ ގޮތެއް ނެތެވެ،" އަކްރަމް ފާހަގަކުރެއްވިއެވެ.
އެންމެ ފަހުން ފިސްކަލް ރިޕޯޓު އާއްމު ކޮށްފައި ވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހު ކަމަށް ވެސް އަކްރަމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ފިސްކަލް ރިޕޯޓު އާއްމު ނުކުރާ ސަބަބެއް ފިނޭންސް މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ. އެ ރިޕޯޓުގައި މުސާރަތަކަށް ކުރާ ހޭދަތަކާއި ލޯނުތައް ދެއްކުމަށް ކޮށްފައިވާ ހަރަދުތަކުގެ އިތުރުން ދައުލަތުގެ އެކިއެކި ފަންޑުތަކުގައި ހުރި މިންވަރު ބަޔާން ކޮށްފައިވެއެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި