ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް މިރޭ ސޮއިކޮށްފިއެވެ.

މިރޭ ޕީއެންސީއަށް ސޮއިކުރި މެމްބަރުންނާ އެކު، އެ ޕާޓީގެ މެމްބަރުންގެ ޖުމްލަ އަދަދަކީ މިހާރު 17 މެމްބަރުންނެވެ. މީގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ "ދަ ޑިމޮކްރެޓްސް"އެވެ. އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 13 އެވެ.

ޕީއެންސީއާ ގުޅުނު މަޖިލިސް މެމްބަރުން:

  1. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު)
  2. ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
  3. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް
  4. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
  5. ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  6. ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް
  7. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
  8. މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު
  9. ނިލަދންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު
  10. މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
  11. ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު
  12. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)
  13. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް

އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ސޮއިކުރިކަމުގެ ފޯމު މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ 10 މެމްބަރަކު ވަނީ ރައީސް ޑރ. މުއިއްޒާ ހަވާލުކޮށްފައެވެ. ރަށުން ބޭރުގައި އުޅުއްވާތީ، ތިން މެމްބަރަކު އެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

އެމްޑީޕީ މަޖިލިސް މެމްބަރުންގެ އަދަދަކީ 43 މެމްބަރުންނެވެ.