އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންތަކެއް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ގުޅިވަޑައިގަންނަވަން ތައްޔާރުވެއްޖެ އެވެ.
އަޑު ފެތުރިފައިވާ ގޮތުގައި ހަތް މެންބަރަކު އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅޭނެއެވެ.
އެ މެންބަރުންގެ ތެރޭގައި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) އާއި އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ ހިމެނެއެވެ.
"ހަތާވީސް"އާ ވާހަކަދެއްކި އެމްޑީޕީ މެންބަރަކު ވަނީ އޭނާ އެ ޕާޓީ ދޫކޮށް، ޕީއެންސީއާ ގުޅިވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ. އޭނާ އެކަން އެގޮތަށް ކުރަނީ އެމްޑީޕީއަށް އޭނާ މުހިއްމު ނުވާތީ ކަމަށާއި މިއަދު އެމްޑީޕީ ދޫކޮށް ދާތީ، "މަށަކީ މިއަދު މާ މުހިއްމު މީހަކަށް"ވެގެން އުޅޭ ކަމަށެވެ.
"މަށަށް އިނގެނީ މަގޭ ވާހަކަ. އަޅުގަނޑު ޕީއެންސީއަށް ސޮއިކުރަން. ދެން ގުޅޭނެ ބައެއް ނޭނގޭ. އެނގޭ ކަމަކީ 10 އާއި 15 ދޭތެރޭ މެންބަރުން ދާނެ، [އެމްޑީޕީން ވަކިވެގެން]" އޭނާ ވިދާޅުވިއެވެ.
މާދަމާ ރޭ ދަރުބާރުގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަފްލާއެއް ބޭއްވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ ނިންމައިފައެވެ.
އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންތަކެއް އެޕާޓީން ވަކިވާއިރު ދާދިފަހުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބުއްދި ވެރިން
ގރ