ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަހްމަދު ނާޒިމް، ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅުއްވައިފިއެވެ.
ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕީއެންސީގެ ޓިކެޓްގައި ދިއްގަރު ދާއިރާއަށް ވާދަކުރުމަށް، ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ނާޒިމަކީ 17ވަނަ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސެވެ. އަދި 18ވަނަ ރައްޔިތުން މަޖިލީހަށް ވާދަކުރައްވާ އެފަހަރުވެސް އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ވަކި ހިސާބަކުން އޭނާގެ ގޮނޑި ގެއްލިގެން ދިޔައެވެ.
ނާޒިމްގެ ގޮނޑި ގެއްލުނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައެވެ. ނާޒިމްގެ ގޮނޑި ގެއްލުނީ މަކަރާއި ހީލަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ އުމުރު ދުވަހުގެ (25 އަހަރު) ޖަލު ހުކުމެއް އިއްވުމުންނެވެ. އެހެންނަމަވެސް 2018ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކުހެން ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ނިންމާފައިވާ ނިންމުން ބާތިލުކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ