ސާޅީސް ތިންވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ "މަސްވެރިންގެ ގުންޒަރު" ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ ގުންޒަރު ފައްޓަވައި ދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ކަމަށެވެ. މި ގުންޒަރުގައި މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް މަޝްވަރާ ކުރެވިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން އެގޮތުން އެ ގުންޒަރުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ފަދަ، ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ކުރެވިގެން ދާނެ ކަމަށެވެ.
މީގެއިތުރުން މަހުގެ އަގު ކަނޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ ހަމަތަކާއި މިންގަނޑުތަކާއި ގުޅޭގޮތުން ގުންޒަރުގެ ބައިވެރިންނާއި މައުލޫމާތު ހިއްސާ ކުރެވިގެން ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ