ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މި މަހު 23 ގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެކަން ނިންމީ ޕީޕީއެމާއި ޕީއެންސީން ގުޅިގެން މިރޭ ބޭއްވި ސެނެޓް ބަައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލުމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޕީޕީއެމާއި ޕީއެންސީގައި ތިބި މެމްބަރުންނަށެވެ.
މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ދެ ޕާޓީގެ މެމްބަރުންނަށް ވޯޓުލެވޭނެ ގޮތަށެވެ.
ޕްރައިމަރީ ބާއްވާ ދުވަސް އިއުލާންކުރީ ސެނެޓް ބައްދަލުވުމަށްފަހު، މިރޭ ހުޅުވި ޕީއެންސީ އޮފީހުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމެވެ.
މިދިޔަ މަހު ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 20 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ޕްރައިމަރީ އަވަސްކުރި ސަބަބެއް އެ ޕާޓީއަކުން ހާމައެއް ނުކުރެއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން