ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ހޯދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީގެ ވަކި އޮފީހެއް ގާއިމް ކުރެވިގެން ދިއުމަކީ އެޕާޓީން ކުރިޔަށް ގެންދާ މަސައްކަތުގެ ފެށުމެއް ކަމަށެވެ. އެގޮތުން ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި މި ޕާޓީން ކުރެވޭ ކަންކަން ކުރިއަށް އޮތް ތަނުގައި ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން، އެންމެން ޕީޕީއެމް/ޕީއެންސީ ގުޅިގެން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓިއާ ހަމައަށް އިރާދަކުރެއްވިއްޔާ، ކާމިޔާބު ކުރުން،" ރައީސް ވިދާޅުވިއެވެ.
ޕީއެންސީ އަކީ ކުރީގެ ރައީސް ޔާމީން ވެރިކަމުގައި އުފެއްދި ޕާޓީއެކެވެ. އެޕާޓީގެ އިދާރީ ހުރިހާ ކަމެއް ހިންގަމުން ދިޔައީ މީގެކުރިން ޕީޕީއެމް އޮފީހުގައެވެ. ނަމަވެސް ރައީސް މުއިއްޒާ ޕީޕީއެމްގެ ލީޑާޝިޕާ ޖެހުނު މައްސަލައަކާއި ގުޅިގެން ރައީސް ޔާމީން ވަނީ، ޕީޕީއެމް އިން ވަކިވެ އައު ސިޔާސީ ޕާޓީއެއް އުފައްދައިފައެވެ. އަދި ޕީޕީއެމް އޮފީސް ހިންގަމުން ދިޔަ އިމާރާތް ހުސް ކުރުމަށް ޕީޕީއެމް އޮފީސް ހިންގަމުން ދިޔަ އިމާރާތުގެ ވެެރި ފަރާތުން ވަނީ އަންގައިފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ