ސަރުކާރުގެ ހިއްސާވާ 20 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނީޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކޮށްފައިވާ ކަމަށެވެ.

އައްޔަންކުރެއްވި ބޭފުޅުންނާއި ކުންފުނިތަކުގެ މައުލޫމާތު:

- އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި ހަސަން ޝާހު އެ މަގާމުން ވަކިކުރައްވާ އެ މަގާމަށް އަބްދުލް މަތީން މުހައްމަދު އައްޔަންކުރުން

- އެމްޓީސީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެ މަގާމުން ވަކިކުރައްވާ އެ މަގާމަށް ޒިޔާދު އައްޔަން ކުރުން

- ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ މަގާމުން ވަކި ކުރައްވާ އެ މަގާމަށް ހުސައިން ފަހުމީ އައްޔަންކުރުން

- އާބަންކޯގެ އެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު އާތިފް އެ މަގާމުން ވަކި ކުރައްވާ އެ މަގާމަށް އިބްރާހީމް ފަޒުލް ރަޝީދު އައްޔަން ކުރުން

- އެމްޕީއެލްގެ އެމްޑީގެ މަގާމަށް މުހައްމަދު ވަޖީހް އިބްރާހީމް އައްޔަން ކުރުން

- އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ސައީދު އެ މަގާމުން ވަކި ކުރައްވާ އެ މަގާމަށް ޝިމާދު އިބްރާހީމް އައްޔަން ކުރުން

- އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު އެ މަގާމުން ވަކިކުރައްވާ އެ މަގާމަށް އިބްރާހީމް އިޔާސް އައްޔަން ކުރުން

- ވެމްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ޔޫސުފް ސިރާޖު އެ މަގާމުން ވަކިކުރައްވާ އެ މަގާމަށް މުޖުތަބާ ޖަލީލް އައްޔަން ކުރުން

- ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީގެ މަގާމަށް ހަމްދާން ޝަކީލް އައްޔަން ކުރުން

- އެމްއައިޓީޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ރާއިދު އެމަގާމުން ވަކިކުރައްވާ އެ މަގާމަށް ހައްވާ ޝިއުނާ ހާލިދު އައްޔަން ކުރުން

- ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި އިސްމާއީލް ހަމީދު ވަކިކުރައްވާ އެ މަގާމަށް މުހައްމަދު ޝަކީލް އައްޔަން ކުރުން

- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި އަހްމަދު ޝިހާމް އެ މަގާމުން ވަކިކުރައްވާ އެމަގާމަށް ސައީދާ އުމަރު އައްޔަން ކުރުން

- ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހުންނެވި އަލީ ހާލިދު އެ މަގާމުން ވަކިކުރައްވާ އެ މަގާމަށް ޒީނާ ޒާހިރު އައްޔަން ކުރުން

- އާރްޑީސީގެ އެމްޑީގެ މަގާމަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު އައްޔަން ކުރުން

- ރީޖަނަލް އެއާޕޯޓްސްގެ އެމްޑީގެ މަގާމަށް އަހްމަދު މުބީން އައްޔަން ކުރުން

- ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި ހަސަން މަނިކު އެ މަގާމުން ވަކި ކުރައްވާ އެ މަގާމަށް އަހްމަދު ނާޒިމް އައްޔަން ކުރުން

- އެމްޓީޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ތަޒްމީލް އަބްދުއްސަމަދު އެ މަގާމުން ވަކި ކުރައްވާ އެ މަގާމަށް އަހްމަދު ނިޔާޒު އައްޔަން ކުރުން