މަނީލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، ގެއަށް ބަދަލުކުރީ ގާތްގަނޑަކަށް މަހެއްހާ ދުވަސް މާލެ ބަންދަށް މީގެ ދެ ދުވަސް ކުރިން ދޫކޮށްލުމާއެކު ސިޔާސީ ކަންކަމުގައި ޔާމީން ބައިވެރިވާތީ ކަރެކްޝަނުން ޔާމީނާއެކު ހަދާފައިވާ އިގުރާރު އުވާލާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިގުރާރާއި އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު ވަނީ އިންޒާރު ދެއްވައިފައިވާ ކަމަށެވެ. އަދި ތަކުރާރު ކުރައްވާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް އެންގިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޔާމީނަށް ލުއިތައް ދެއްވުމާއެކު ޖެހިގެން އައި ރޭ އެމަނިކުފާނު ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވައިފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު