އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ބޭފުޅުން އައްޔަންކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް ޔާމީން ލިސްޓެއް ފޮނުއްވާފައިވާކަން އެނގިފައިނުވާ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް، ޔާމީން ބޭނުންފުޅުވާ ބޭފުޅުންގެ ނަންތައް ހިމެނިވަޑައިގަންނަވާ ލިސްޓެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް މުއިއްޒުގެ ފަރާތުން އެ ލިސްޓު ބަލައިގަނެފައިނުވާ ކަމަށް ބުނެ އަޑުތަކެއް އަރާފައިވާ ކަމަށް ބުނެ އަދުރޭއާ ސުވާލު
އިންތިގާލީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅުވައި ނޫސްވެރިއަކު ސުވާލުކުރުމުން އިންތިގާލީ ޑިރެކްޓަރު ޖެނެރަލެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ވަޒީރުންގެ މަޖިލީސް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީން ލިބިގެންވާ އިހުތިޔާރެއް ކަމަށާއި އެ މަސައްކަތް ކުރައްވަމުން ގެންދަވާނީ އިންތިހާބި ރައީސް ކަމަށެވެ.
ވަޒީރުން އައްޔަން ކުރުމަށް ލިސްޓު ފޮނުވުމަކީ އެކަން އޮންނަ ގޮތް ނޫންކަން ފާހަގަކުރައްވާ އަދުރޭ ވިދާޅުވީ އެފަދަ ލިސްޓެއް ޔާމީން ފޮނުވިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
"އަޅުގަނޑަކަށް މިހާތަނަށް އައިރު އެނގިފައެއް ނެތް ރައީސް ޔާމީން ލިސްޓެއް ފޮނުވިކަމެއް އަދި ފޮނުއްވާފައި އެއާއި ދޭތެރޭގައި ޑރ މުއިއްޒު އެއްޗެއް ވިދާޅުވި ކަމެއް'' އަދުރޭ ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ވެރިކަން ހަވާލުކުރީ މުއިއްޒު ކަމަށާއި ވަޒީރުންގެ މަޖިލީސް ވާން ޖެހޭނީ އެމަނިކުފާނަށް ފުރިހަމަ އިތުބާރު އޮންނަ ބޭފުޅުން ތިއްބަވާ މަޖިލީހެއް ކަމަށް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ